ފޭސްބުކްގައި ސަރުކާރަށް ފާޑުކިޔާތީ ސޮލަމަން އައިލެންޑްސްގައި އެ ޕްލެޓްފޯމް މަނާކުރަން ނިންމައިފި އެވެ.
20 ނޮވެމްބަރ 2020
ފޭސްބުކްގައި ސަރުކާރަށް ފާޑުކިޔާތީ ސޮލަމަން އައިލެންޑްސްގައި އެ ޕްލެޓްފޯމް މަނާކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ފޭސްބުކް މަނާކުރަން ނިންމައި ސަރުކާރުން މިހާރު އެކަމާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތުގެ ޑްރާފްޓެއް ވެސް އެކުލަވާފައިވާ ކަމަށެވެ.
ސޮލަމަން އައިލެންޑްސްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޕީޓާ ޝަނެލް އަގޮވާކާ ސޮލަމަން ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުންނާއި އެކްޓިވިސްޓް ގްރޫޕްތަކުން ސަރުކާރަށާއި ސަރުކާރު ވެރިންނަށް ރައްދުވާ ގޮތަށް ވަރަށް ހަޑިހުތުރު ބަހުން ފާޑުކިޔަމުންދާ ކަމަށެވެ.
"ބޮޑުވަޒީރާއި ވަޒީރުންނާ ދިމާއަށް ވަރަށް ހުތުރު ބަހުން ފޭސްބުކްގައި އެބަ އެއްޗެހި ކިޔާ. އަދި ސާބިތު ނުހިފޭ އެތައް ތުހުމަތެއް ވެރިންގެ ބޮލުގައި އަޅުވައި އަބުރު ދަނީ ކަތިލަމުން،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވެ އަހަރެމެން މިހާރު މި ތައްޔާރު ވަނީ ފޭސްބުކް ބްލޮކްކުރަން. އެކަން މިހާރު އޮތީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ ވެސް ހިއްސާކޮށްފައި. މިކަމަށް އަމަލުކުރާނެ ޑްރާފްޓެއް ވެސް މިހާރު އެބައޮތް."
ފޭސްބުކް މަނާކުރަން ނިންމުމާ ގުޅިގެން އިދިކޮޅު ލީޑަރު މެތިއު ވޭލް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ރައްޔިތުންނަށް ލިބި ދީފައި އޮތް އަސާސީ ހައްގަކަށް އަރައިގަތުން ކަމަށެވެ.
"ފޭސްބުކް ފަދަ ސޯޝަލް ޕްލެޓްފޯމަތަކީ ރައްޔިތުންނަށް ހިޔާޅުފާޅުރަން ލިބިފައި ހިޔާލުފާޅުކުރުމުގެ ހައްގެއް. އެ ހައްގު ނިގުޅައެއްނުގަނެވޭނެ." އޭނާ ވިދާޅުވި އެވެ. "އަދި ފޭސްބުކް މަނާކުރަން ސަރުކާރުން ދައްކާ ބަހާނަތަނުގައި އެއްވެސް ބުރަދަނެއް ނެތް."
ފޭސްބުކަކީ ހަތް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ސޮލަމަން އައިލެންޑްސްގެ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމެކެވެ. އަދި ކޮވިޑް-19 ގެ ދަތި ހާލަތުގެ ތެރޭގައި ވެސް ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތުތައް އާންމުކޮށް ފޯރުކޮށް ދެނީ ވެސް ފޭސްބުކް މެދުވެރިކޮށެވެ.
އެހެންވެ އެފަދަ ބޭނުންތެރި މަނާކުރަން ނިންމާފައިވާތީ އެމްނެސްޓީ އިންޓަނެޝަނަލް އިން ވެސް ވަނީ ކަަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ފޭސްބުކް މަނާކޮށްފި ނަމަ ސޮލަމަން އައިލެންޑްސްގެ ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވާނެ. އަދި މަނާކުރުން ވެގެން ދާނީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށް،" އެމްނެސްޓީން ބުންޏެވެ. "އެހެންވެ އަހަރެމެން ގޮވާލަން ޗައިނާ އާއި އުތުރު ކޮރެއާ އާއި އިރާން ފަދަ ގައުމަކަށް ސޮލަމަން އައިލެންޑް ނެހެދުމަށް."
ފޭސްބުކުން ބުނީ އެ ޕްލެޓްފޯމް ސޮލަމަން އައިލެންޑްސްގައި މަނާކުރަން އުޅޭކަން ސަމާލު ކަމަށް އައިސްފައިވާތީ ސަރުކާރާ އެކު މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
މާބޮޑަށް ސެންސަރުވާތީ ފޭސްބުކްގެ ފެކްޓް ޗެކް ހުއްޓާލަނީ
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
ޕޮލެންޑްގެ ރައީސަށް ގަމާރެކޭ ބުނެގެން ޖަލަށް
ބަޣާވާތް ހިންގިއިރު ވެސް ފޯރީގައި "ނަށަނީ"
ފޭސްބުކްގައި ސިޔާސީ ކޮންޓެންޓް މަދުކުރަނީ
އިންތިހާބާ ދިމާކޮށް އެފްބީއާ ދުރުވާ ނަމަ ފައިސާ ދެނީ
ހާޝިމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން އިސްތިއުފާ ދީފި
ދިއްދޫ ކައުންސިލްގެ ރައީސް ވަކިކުރަން ޕެޓިޝަނެއް
ހައްގުތައް ހޯދައި ދެނީ މި ސަރުކާރުން: ޚަލީލް
ލުބްނާންގެ ފޭސްބުކް އެކްޓިވިސްޓް ދޫކޮށްލަން ގޮވާލައިފި