ރާއްޖެ- ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން އަހަރަކު އެއްފަހަރު އޮންނަ ޕޮލިސީ ޑައިލޮގް ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
23 ނޮވެމްބަރ 2020
ރާއްޖެ- ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން އަހަރަކު އެއްފަހަރު އޮންނަ ޕޮލިސީ ޑައިލޮގް ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
މިއީ ރާއްޖެ-އީޔޫ ގުޅިގެން މި ގޮތަށް ބާއްވާ ފަސްވަނަ ބައްދަލުވުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްވެ ބައިވެރިވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޖެންޑާގެ އެކްޓިން މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފުލުހުންނާއި ނެޝަނަލް ސެންޓާ ފޮ ކައުންޓާ ޓެރަރިޒަމްގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.
Minister @ZahaWaheed participated in the 5th Maldives-EU Policy Dialogue.
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) November 23, 2020
Minister briefed the ambassadors on the implementation of the revised governance framework for fisheries and the work done towards eliminating IUU fishing within the Maldives and the Indian Ocean. pic.twitter.com/vhVNH46Vx7
ފިޝަރީޒް މިިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
އީޔޫގެ ވަފުދުގައި އިސްކޮށް ބައިވެރިވަޑައިގަތީ އެ ޖަމާއަތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޑެނިސް ޗައިބީ އެވެ.
ކޮވިޑް-19 އިން އަރައިގަންނަން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭން މި ބައްދަލުމުގައި ރާއްޖެ އިން ހުށަހެޅި އެވެ. އެކި ދާއިރާތައް ކުރިއަރުވަން ރާއްޖެ ކުރަމުން އަންނަ މަސައްކަތްތައް ވެސް މި ބައްދަލުވުމުގައި ހުށަހެޅި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި މަސްވެރިކަމާއި އިގްތިސާދުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވެން ހުރި ކަންތައްތައް އަދި ޑިމޮކްރަސީ ވަރުގަދަކުރަން ކުރެވޭނެ ކަންތައްތައް ހިމެނެ އެވެ.
ދިވެހިންނަށް ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި ދޭން މަސައްކަތް ކުރާނެ ކަމަށް އީޔޫ މެމްބަރުން ވިދާޅުވި އެވެ. ރާއްޖޭގައި ތިބެގެން އޮސްޓްރިއާ އާއި ޖަރުމަނާއި ޗެކް ރިޕަބްލިކުން އެ ހިދުމަތް މިހާތަނަށް ފޯރުކޮށްދެ އެވެ.
މިދިޔަ ދެ އަހަރު ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އިން ސިއްހަތުގެ ދާއިރާ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދޭން އީޔޫ އިން ވަނީ ރާއްޖެ އަށް އެއް މިލިއަން ޑޮލަރު މީގެ ކުރިން ހަދިޔާކޮށްފަ އެވެ. ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ލިބުނު ގެއްލުމުން އަރައިގަތުމަށާއި އެ ދާއިރާ އަލުން ފަށައިިގަންނަން އީޔޫ އިން ވަނީ އިތުރު ދެ މިލިއަން ޑޮލަރު ވެސް މީގެ ކުރިން ހަދިޔާކޮށްފަ އެވެ.
ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް ހޯމަ ދުވަހު ބާއްވަނީ
ރާއްޖޭގައި ތިބެގެން މިހާރު ޝެންގެން ވިސާ ނެގޭނެ
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
ޖަރުމަން ވީސާ ދޫކުރާ ސެންޓަރެއް އަންނަ އަހަރު ހުޅުވަނީ
އީޔޫއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ
ރާއްޖެ-އީޔޫ ގުޅުން ބަދަހިކުރަން އަހަރަކު ބައްދަލުވުމެއް ބާއްވާނެ
ދިވެހި މަހަށް އީޔޫ މާކެޓުން ލުއި ހޯދަން މަޝްވަރާކޮށްފި
މިއީ އީޔޫ-ދިވެހިރާއްޖެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު
ހަމަހަމަ ފުރުސަތުދީ، އީޔޫގެ ޑިއުޓީ ކުޑަކުރަން އެދިއްޖެ
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި