މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
24 ނޮވެމްބަރ 2020
މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވީއައިއޭ ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް އަޑޫ 58، މަރުވެފައި އޮއްވައި ފެނުމާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުން ފަށާފައިވާ ކަމަށެވެ.
ކޮންސަލްޓަންޓު ދިރިއުޅެނީ ހުޅުމާލޭގައި ކަމަށް ވިޔަސް މޫދަށް އެރެން މާލެ އައި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ. އެމްއޭސީއެލް އަށް ވެސް އެކަން އެނގިފައެއް ނުވެ އެވެ.
ވީއައިއޭގެ ކޮންސަލްޓަންޓު ހެޑުގެ ގޮތުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެފައިވާ އެ ފިރިހެންމީހާ އަރައިގެން ހުރި އޮފީސް ބޫޓާއި ދަބަސް ބަހައްޓާފައި މާލޭ ޖަލު ކުރިމަތިން ފަޅަށް ފުންމާލާތަން އެ ސަރަހައްދުގައި ހުރި ކެމެރާ އިން ވެސް ފެނެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
މީހަކު މޫދަށް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ ހެނދުނު 9:45 ގަ އެވެ. ނަމަވެސް އޭނާ މޫދަށް ފުންމާލީ ކިހާ އިރަކު ކަމެއް އަދި ސާފެއް ނުވެ އެވެ.
ވެލާނާ އެއާޕޯޓުގައި ބޭރުގެ އެކި ކުންފުނިތަކުން އަންނަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ.
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
ކުޅަދާނަ ފަޔާ ފައިޓަރު ނިއާވެއްޖެ
ވީއައިއޭގެ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް