އަންނަ އަހަރުގެ ޖެނުއަރީގައި ލަންކާގެ ވައިގެ ބަނދަރު ހުޅުވައިލަން ނިންމައިފި އެވެ.
03 ޑިސެމްބަރ 2020
އަންނަ އަހަރުގެ ޖެނުއަރީގައި ލަންކާގެ ވައިގެ ބަނދަރު ހުޅުވައިލަން ނިންމައިފި އެވެ.
އަންނަ މަހު ހުޅުވައިލާ އިރު އެ ގައުމަށްދާ މީހުން އަމަލު ކުރާނެ ހާއްސަ އުސޫލެއް ވަނީ އާއްމުކޮށްފަ އެވެ. ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، އެ ގައުމަށް ދާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.
އެ ގައުމަކީ އޮންއެރައިވަލް ވިސާ ދޭ ގައުމެއް ނަމަވެސް ޖެނުއަރީގައި ހުޅުވައިލާ އިރު އޮން އެރައިވަލް ވިސާއެއް ނުހެއްދޭނެ އެވެ. އެހެންކަމުން އެ ގައުމަށް ދާ އެންމެން ވެސް ކުރިއާލައި ވިސާ ހައްދަން ޖެހެ އެވެ. ވިސާ ހައްދާ މީހުންނަށް ހަ މަސް ދުވަހަށް ޓޫރިސްޓް ވިސާ ލިބޭނެ އެވެ. ވިސާ ހައްދަން ޖެހޭނީ އޮންލައިންކޮށެވެ. ނުވަތަ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މެދުވެރިކޮށެވެ.
މީގެ އިތުރުން އެ ގައުމަށް އެތެރެވާ ހުރިހާ ޓޫރިސްޓުން ކޮވިޑް އިންޝުއަރެންސެއް އޮންނަ ޖެހެ އެވެ. އަދި ޕޮޒިޓިވްވާ ހާލަތުގައި އެ މީހެއްގެ ސިއްހީ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހޭނީ އެ މީހަކު އަމިއްލައަށެވެ. ލަންކާއިން ވަނީ ޓޫރިސްޓުން ގޮސް ތިބޭނެ ހޮޓާތަކުގައި ރައްކާތެރިކަމުގެ މިންގަނޑު ކަނޑައަޅައި މިހާރު ސަ\ެޓިފައިކޮށްފަ އެވެ.
ޓޫރިސްޓުންނަށް އާންމުކޮށް އެ ގައުމުގެ އެންމެ މަގްބޫލު ތަންތަނަށް ދިއުމުގެ ހުއްދަ އޮތް ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުމެއް ނުކުރެވޭނެ އެވެ.
މީގެ ކުރިން ލަންކާއިން އޮގަސްޓްމަހު ވެސް ބޯޑަރު ހުޅުވައިލުމަށް އިއުލާނު ކުރި އެވެ. އެހެން ނަމަވެސް ކޮވިޑް ޖެހޭ މީހުން އިތުރުވާން ފެށުމުން އޭރު ބޯޑަރު ހުޅުވުން ފަސްކުރި އެވެ.
ލަންކާ އަށް ދުވާލަކު ދަތުރުކުރެވޭ ވަރު 2،500 އަށް
ރާއްޖެ-ލަންކާ ސީދާ ދަތުރުތައް އަންނަ މަހު 13ގައި
މޯލްޑިވިއަން އިން މައްތަަލައަށް ޗާޓަރު ފްލައިޓްތަކެއް
ސްރީ ލަންކާއަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ލިބިއްޖެ
ލަންކާ ހަމަލާ: ދިވެހި ޓޫރިޒަމަށް އޮތީ ކޮން އަސަރެއް؟
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ލަންކާގައި ދެ ޓޫރިސްޓަކު ވިހަވެގެން މަރުވެއްޖެ
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް