ރާއްޖޭގައި އެންމެ ފުރަތަމަ ހިދުމަތްދޭން ފެށި ރިސޯޓް، ކުރުނބާ މޯލްޑިވްސް އަށް ހާއްސަ އެވޯޑްތަކެއް ލިބިއްޖެ އެވެ.
04 ޑިސެމްބަރ 2020
ރާއްޖޭގައި އެންމެ ފުރަތަމަ ހިދުމަތްދޭން ފެށި ރިސޯޓް، ކުރުނބާ މޯލްޑިވްސް އަށް ހާއްސަ އެވޯޑްތަކެއް ލިބިއްޖެ އެވެ.
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް އިން ކުރުނބާ މޯލްޑިވްސް އަށް ދެ އެވޯޑެއް ދީފައިވެ އެވެ. އެގޮތުން ކޮންޓިނެންޓަލް ކެޓަގަރީންނާއި ރީޖަނަލް ކެޓަގަރީން އެވޯޑް ލިބުނެވެ. ކޮންޓިނެންޓަލް ކެޓަގަރީން ލަގްޒަރީ "ފެމިލީ ހޮޓެލް އެވޯޑް" ލިބުނު އިރު ރީޖަނަލް ކެޓަގަރީން "ބެސްޓް ޔުނީކް އެކްސްޕީރިއެންސް" އެވޯޑް ލިބިފައިވެ އެވެ.
ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް އުފެދިފައިވަނީ 2006 ވަނަ އަހަރު އެވެ. މި އެވޯޑްތައް ދެނީ 300،000 އަށް ވުރެ ގިނަ ޓޫރިސްޓުންނާޢި އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންގެ ވޯޓުންނެވެ. ކުރުނބާ މޯލްޑިވްސް އަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްގެ އިންޑިއަން އޯޝަން ސަރަހައްދުގެ "ލީޑިން ފެމިލޯ ރިސޯޓް"ގެ އެވޯޑު ވެސް ދާދި ފަހުން ލިބިފަ އެވެ.
ކުރުނބާ އަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ. އެ ރިސޯޓުގެ ހިދުމަތް ދޭން ފެށީ 1972 އިން ފެށިގެންނެވެ. އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ 30 ފަންނުން ހަދާފައިވާ ހަޓުތަކާ އެކު އެވެ. މިހާރު އެ ރިސޯޓުގައި ތަފާތު އަށް ވައްތަރުގެ ރޫމް ހުރެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާތަކައި ސުޕީރިއާ ބެޑްރޫމްތައް ވެސް ހިމެނެ އެވެ.
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓް ހުޅުވަނީ
ސޮނެވާގެ މޭސްތިރިން އާ ހޮޓެލް ބްރޭންޑެއް ތައާރަފްކުރަނީ
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ