ދުނިޔޭގެ އެންމެ އަގުބޮޑު "އަލްޓްރާ ލަގްޒަރީ" ދެ ހޮޓެލް ބްރޭންޑް ކަމަށްވާ ސޮނެވާ އައި ސިކްސް ސެންސަސްގެ ކާމިޔާބީއަށް ފަހު ސޯނޫ ސިވްދަސާނީ އާއި އޭނާގެ އަންހެނުން އީވާ، އަނެއްކާ ވެސް މުޅިން އާ ބްރޭންޑެއް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
21 ސެޕްޓެމްބަރ 2025
ދުނިޔޭގެ އެންމެ އަގުބޮޑު "އަލްޓްރާ ލަގްޒަރީ" ދެ ހޮޓެލް ބްރޭންޑް ކަމަށްވާ ސޮނެވާ އައި ސިކްސް ސެންސަސްގެ ކާމިޔާބީއަށް ފަހު ސޯނޫ ސިވްދަސާނީ އާއި އޭނާގެ އަންހެނުން އީވާ، އަނެއްކާ ވެސް މުޅިން އާ ބްރޭންޑެއް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
ޓްރެވެލް އެންޑް ލެޝާ އޭޝިއާ ނޫހަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ ދެމަފިރިންގެ ނަން ހިމަނައިގެން އުފެއްދި ބްރޭންޑް "ސޮނެވާ"ގެ މެޖޯރިޓީ ހިއްސާ އެ ދެމަފިރިން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ސޮނެވާ ހިންގުމުން އެ ހިސާބުން އެ ދެމަފިރިން ދޫކޮށްލައި އިސްކަންދީފައިވަނީސޯނޫގެ ފަރުވާ އަށެވެ.
ކެންސަރުގެ ބާވަތެއް ކަމަށްވާ ލިމްފޯމާއަށް ސޯނޫ އަންނަނީ މިދިޔަ އަހަރުން ފެށިގެން ފަރުވާކުރަމުންނެވެ.
ޓްރެވެލް އެންޑް ލެޝާ އޭޝިއާ އިން ރިޕޯޓްކުރި ގޮތުގައި ސޯނޫ އާއި އީވާ މިފަހަރު އުފައްދާ ބްރޭންޑަކީ "ސޮސެއި" އެވެ. ޖަޕާނު ބަހުން މީގެ މާނަ އަކީ "އަލުން އުފަންވުން" އެވެ.
ޖަޕާނު ބަހުން ނަންދީގެން އުފައްދާ އާ ބްރޭންޑްގައި ދުޅަހެޔޮކަމަށާއި ހޮސްޕިޓަލިޓީއަށް ޖަޕާނުގައި ގެންގުޅޭ ގޮތްތައް ވަރަށް ބޮޑަށް ވައްދާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މިދިޔަ އޯގަސްޓް މަހު އެ ނޫހަށް އިންޓަވިއު ދިން އިރު ސޯނޫ އުޅުނީ ހޮޓާ ހިންގާނެ ރަނގަޅު ތަންތަން ދެނެގަންނަން ޖަޕާނަށް ދަތުރުފަށައިގެންނެވެ. އޭރު އޭނާ ބުނެފައިވާ ގޮތުގައި އާކްޓިކް ސާކަލް އާއި ޔޫރަޕްގެ ފަރުބަދަމަތީ ސަރަހައްދުތަކާއި ސައުތު އެފްރިކާ އާއި އޭޝިއާއިން ވެސް އާ ބްރޭންޑަށް ވަނީ ޑީލްތައް ލިބިފަ އެވެ.
ސޯނޫއާއި އީވާ އަލަށް ތައާރަފްކުރާ ބްރޭންޑްގައި، ކުރީގެ ބްރޭންޑްތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ހިތްގައިމު ރަށްތަކާއި ރީތި ސަރަަަހައްދުތަކުގައި އެކަނި ހޮޓާތައް ހިންގުމުގެ ބަދަލުގައި މިފަހަރު ބޮޑެތި ސަހަރުތަކުގައި ވެސް ހޮޓާތައް ހަދާނެ ކަމެވެ.
ޓޫރިޒަމަށް ކުރި ހިދުމަތާއި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން ކުރި ހިދުމަތުގެ އަގު ވަޒަންކޮށް، އިނގިރޭސިވިލާތުން "އޯޑަރް އޮފް ދަ ބްރިޓީޝް އެމްޕަޔާ" (އޯބީއީ)ގެ ޝަރަފު ދީފައިވާ ސޯނޫގެ ފަރުވާގެ ބޮޑުބައެއް މިހާރު ވަނީ ކާމިޔާބުކަމާ އެކު ނިމިފަ އެވެ. އޭނާ މިހާރު ހޯދަމުން އަންނަނީ އިމިއުނޯތެރަޕީ އާއި ކީމޯތެރަޕީގެ ފަރުވާ އެވެ.
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"