04 ނޮވެމްބަރ 2016
ގެދޮރު ހޯދަމް ދޫކުރި ލޯނުގެ އިންޓަރެސްޓުގެ އާމްދަނީ އިތުރުވެ، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 17.9 މިލިއަނަށް އަރައިފި އެވެ.
ގެދޮރު ހޯދަމް ދޫކުރި ލޯނުގެ އިންޓަރެސްޓުގެ އާމްދަނީ އިތުރުވެ، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 17.9 މިލިއަނަށް އަރައިފި އެވެ.
ގެދޮރު ހޯދަން ބޭނުންވާ ފައިސާ، ސަރުކާރުގެ 49 ޕަަސެންޓާ އެކު އުފައްދާފައިވާ އެޗްޑީއެފްސީގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޓަރެސްޓުން ލިބުނު އާމްދަނީ 30 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިދިޔަ ކުއާޓަރުގައި އެޗްޑީއެފްސީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 11.28ރ. ޖެހިފައިވެ އެވެ.
އެ ކުންފުނީގެ އޮފިޝަލު މިއަދު ވިދާޅުވީ ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ބޭރުގެ އެކި ފަރާތްތަކުން ކުރިން ނަގާފައިވާ ބޮޑެތި ލޯނުތަކެއް މި އަހަރު ކުރީކޮޅު ދައްކާ ހަލާސްކޮށްފައިވުން ކަމަށެވެ. އަދި އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓަށް ފައިނޭންސްކޮށްދޭތީ ވެސް ފައިދާ ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
"އަޅުގަނޑުމެންނަށް އިންޓަރެސްޓުން ލިބުނު ފައިދާ އެހާ ބޮޑަށް އިތުރުވެފައި ވަނީ ގެދޮރު ހޯދުމަށް ދޫކުރި ލޯނުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ. އަޅުގަނޑުމެން އަދިވެސް މިދަނީ އިތުރު ފަރާތްތަކަށް ލޯނުތައް ދޫކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ދޫކުރާ "އަމްނާ" އިން ލިބުނު ފައިދާ މިދިޔަ ކުއާޓަރުގައި ވަނީ 4.1 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެޗްޑީއެފްސީއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 15.4 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް، ޓެކްސްއަށް ކެނޑުމުގެ ކުރިން، ފައިދާގެ ގޮތުގައި 21.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 3.4 މިލިއަން ރުފިޔާ މިދިޔަ ކުއާޓަރުގައި އެޗްޑީއެފްސީން ދައްކާފައިވެ އެވެ.
ފަސް ޕަސެންޓުގައި ހައުސިން ލޯނު ސްކީމް އިފުތިތާހުކޮށްފި
"ގެދޮރުވެރިޔާ" ލޯނު ދިނުމަށް 170 މިލިއަން ރުފިޔާ!
ރަށްރަށުގެ މީހުންގެ ގެދޮރު ލޯނަށް ހުޅުވާލައިފި
އެޗްޑީއެފްސީގެ ބޮންޑްގައި އިންވެސްޓްކުރުމުގެ ފުރުސަތު
އިސްލާމިކް ފައިނޭންސިން ހައުސިން ލޯނަށް ހުޅުވާލައިފި
ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ދޭނެ
ދަތި ހާލުގައި އުޅޭ މީހުންނަށް އާސްކީމުން ގެދޮރު ހޯދޭނެ
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ގެދޮރު އަޅަން ދޭ ލޯނަށް އަންނަ މަހު ހުޅުވާލަނީ
ހުޅުމާލޭގެ ގެއެއް ނީލަމުގައި ވިއްކާލަނީ