Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް

މިދިޔަ މަހު ވެސް އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް

13 ޑިސެމްބަރ 2020

މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް ދަށްވެ، އާމްދަނީީ ދަށްވެފައިވާ ކަމަށް ކަސްޓަމްސުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް ދަށްވެ، އާމްދަނީީ ދަށްވެފައިވާ ކަމަށް ކަސްޓަމްސުން ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް 2.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު، އެކްސްޕޯޓްކުރީ 224 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، 417 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު 33 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 303 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބުނަސް، މި އަހަރުގެ އެ މުއްދަތުގައި ލިބުނީ 204 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ ޗައިނާ އާއި ސިންގަޕޫރާއި އިންޑިއާ އިންނެވެ. ޗައިނާ އިން 267 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ސިންގަޕޫރުން 243 މިލިއަން ރުފިޔާ މުދާ އަދި އިންޑިއާއިން 35 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.

އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ފްރާންސާއި ތައިލޭންޑާއި އިޓަލީއަށެވެ.