18 ޑިސެމްބަރ 2020
ވިޓަމިން ޑީ ސަޕްލިމެންޓުން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ކަމުގެ ފުރިހަމަ ހެއްކެއް ނެތް ކަމަށް ތަޖުރިބާރުންގެ ޓީމަކުން ބުނެފި އެވެ.
ވިޓަމިން ޑީ ސަޕްލިމެންޓުން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ކަމުގެ ފުރިހަމަ ހެއްކެއް ނެތް ކަމަށް ތަޖުރިބާރުންގެ ޓީމަކުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް (އެންއައިސީއީ) އާއި އެ ގައުމުގެ ޕަބްލިކް ހެލްތާއި ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން ނިއުޓްރިޝަނުން ބުނީ މިހާތަނަށް ހޯދި ހޯދުންތަކުން ކޮވިޑް-19 އިން ފަސޭހަވުމަށް ވިޓަމިން ސަޕްލިމަންޓް އެހީވެދޭ ކަމަށް ބުނާ ވާހަކައިގައި ބުރަދަނެއް ހުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން އަދި އިތުރަށް ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ބުންޏެވެ.
ތަޖުރިބާކާރުންގެ ޓީމަކުން މިގޮތަށް ބުނެފައި ވަނީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ވިޓަމިން ޑީ ހުންނަ ނަމަ ކޮވިޑް-19 ޖެހުމުން ބޮޑުވަރު ނުވެ ފަސޭހައިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށް އަޔަލެންޑްގެ ޓްރިނިޓީ ކޮލެޖުން މި އަހަރުގެ ކުރީކޮޅު އާންމުކުރި ދިރާސާއެއްގައި ބުނެފައި ވަނިކޮށެވެ.
Covid and vitamin D: 'Not enough evidence' for treatment https://t.co/Z29FOWMS3a
— BBC News (UK) (@BBCNews) December 17, 2020
ވިޓަމިން ޑީ އަކީ އިންފްލެމޭޝަންތައް ހުއްޓުވައި މެނޭޖްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންވެ ކޮވިޑް-19 ގައި ނޭވާލާ ނިޒާމަށް މައްސަލަތައް ދިމާވެ ވެންޓިލޭޓަރުގައި ބާއްވަން ޖެހުމާއި މަރުވުމުން، ވިޓަމިން ޑީ އާ ބޮޑު ގުޅުމެއް ހުރެދާނެ ކަމަށް އެ ދިރާސާ ހެދި ޓީމުން ބުނެފައިވެ އެވެ.
ވިޓަމިން ޑީ އާއި ކޮވިޑާ ގުޅުވާފައިި ވަނީ އެކި ސަރަހައްދުތަކުގެ މޫސުމަށް ގުޅުވައިގެންނެވެ. އެގޮތުން އަވި ބޮޑަށް ލިބޭ ސަރަހައްދުތަކުގެ ގައުމުތަގެ މީހުންނަށް އަވިން ވިޓަމިން ލިބުމަށް މަގުފަހިވިޔަސް ފިނި ގަދަ ތަންތަނުގައި އެ ފުރުސަތު ކުޑަ އެވެ. އެހެންވެ އެފަދަ މާހައުލުތަކުގައި އުޅޭ މީހުން ވިޓަމިން ޑީ ސަޕްލިމަންޓް ބޭނުންކުރުމުން ދިފާއީ ނިޒާމު ބަލިކަށިވުން ކޮންޓްރޯލްކޮށްދީ، ނޭވާލާ ނިޒާމުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ވިޓަމިން ޑީ އާއި ކޮވިޑް-19 ގެ ގުޅުމާ ބެހޭ ގޮތުން އިނގިރޭސި ތަޖުރިބާކާރުންގެ ޓީމުން ބުނަނީ ކޮވިޑް-19 އިން ރައްކާތެރިކޮށްދިނުގައި ވިޓަމިން ޑީ އަކީ ބަރޯސާވާން ޖެހޭ ވަރުގެ އެއްޗެއް ކަމަށް ގަބޫލުކުރެވެން ނެތް ކަމަށެވެ.
"އެކަމަކު މީގައި އެންމެ ފަހުގެ ނިންމުމަކާ ހަމައަށް އަންނަން އަދި އެބަޖެހޭ ތަންކޮޅެއް ފުންކޮށް ދިރާސާކުރަން،" ޓީމުގައި ހިމެނޭ އެންއައިސީއީގެ ސެންޓަ ފޮ ގައިޑްލައިންސް ޑިރެކްޓަރު ޑރ. ޕޯލް ކްރިސްޕްް ވިދާޅުވި އެވެ.
މާސްކް އަޅައިގެން ހުއްޓަސް އިހުސާސްތައް ކުދިން ދެނެގަނޭ
އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟
ކޮވިޑާ ދެކޮޅު ފިޔަވަޅުތަކަށް އަންހެނުން މާ ފަރުވާތެރި
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ދެވަނަ ޖައްވީ ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި
ޗައިނާގެ ރިސާޗު ވެސަލް މާލޭގައި ބަނދަރުކޮށްފި
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ރިޔާސީ އިންތިހާބު އޮޅުވައެއް ނުލެވޭނެ: ޓްރާންސްޕޭރެންސީ