11 އޮކްޓޯބަރ 2020
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އަޅަން އިރުޝާދު ދީފައިވާ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ފަރުވާތެރި ވަނީ އަންހެނުން ކަމަށް އެމެރިކާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އަޅަން އިރުޝާދު ދީފައިވާ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ފަރުވާތެރި ވަނީ އަންހެނުން ކަމަށް އެމެރިކާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމެރިކާގެ އެކި ހިސާބުތަކުން މީހުން ބައިވެރިކޮށްގެން ނިއު ޔޯކް ޔުނިވަސިޓީ އާއި ޔޭލް ޔުނިވަސިޓީން ކުރިއަށް ގެންދިޔަ ސާވޭ އިން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް "ބިހޭވިއަރަލް ސައިންސް އެންޑް ޕޮލިސީ" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ އިން ދައްކާ ގޮތުގައި މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި/ސެނިޓައިޒާ ބޭނުންކުރުމާއި ސޯޝަލް ޑިސްޓެންސިން އަށް ދެ ޖިންސްގެ މީހުން ތަބާވާ މިންވަރަށް ބަލާއިރު އެކަންކަމަށް ފިރިހެނުންނުންނަށް ވުރެ އެތައް ގުނައެއް ބޮޑަށް އަންހެނުން ފަރުވާތެރިވެ އެވެ.
މި ދިރާސާ ހަދާފައި ވަނީ އާންމު ތަންތަނުގައި މީހުން އުޅޭ އިރު ހަރަކާތްތަކާއި އަމަލުތައް ބަހައްޓާ ގޮތާއި ސްމާޓްފޯން އެހީގައި މީހުންގެ އަމަލުތައް ހުންނަ ގޮތް ވެސް ބަލައިގެންނެވެ.
Gender differences in preventing the spread of coronavirus https://t.co/PvGdUAqIZi via @issuu
— Adhushan (@Adhushan1) October 10, 2020
މީގެ އިތުރުން ދިރާސާ އިން ދެއްކި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ކޮވިޑް-19އާ ބެހޭ ގޮތުން ސިއްހީ ތަޖުރިބާކާރުންނާއި ޑޮކްޓަރުންދޭ އިރުޝާދުތައް ގަބޫލުކޮށް އެކަންކަމަށް ބޮޑަށް ފަރުވާތެރި ވަނީ ވެސް އަންހެނުންކަމެވެ. އަދި މާސްކް އަޅާ ގޮތަށް ބަލާ އިރު، އެންމެ ރަނގަޅަށް މާސްކް އަޅާކަން ވެސް ފާހަގަކުރެވެނީ އަންހެނުންނެވެ. ދިރާސާ އިން ދައްކާ ގޮތުގައި މާސްކް އަޅަންޖެހޭ ގޮތަށް އެކަންކުރާ އަންހެނުންގެ ނިސްބަތް 55 ޕަސެންޓްގައި ހުރި އިރު، ފިރިހެނުންގެ ނިސްބަތަކީ އެންމެ 38 ޕަސެންޓެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ސޯޝަލް ޑިސްޓެންސިން އަށް މީހުން ތަބާވާ މިންވަރަށް ބަލާއިރު، އަންހެނުން އާންމުކޮށް ގޮސް އުޅޭ ތަންތަނުގެ ތެރެއިން ސެލޫނާއި ސްޕާތަކާއި ކަސްތަރުކުރާ ތަންތަނާއި މާ ވިއްކާ ތަންތަން ފަދަ ތަންނަށް އަންހެނުން ޒިޔާރަތްކުރުން ވެސް ނިސްބަތުން ދަށްވެފައިވެ އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކަމަށް ގަބޫލުކުރެވި، ގިނަ އަންހެނުން ގޭގައި ތިބޭ ކަމަށް ދައްކަ އެވެ.
މި ދިރާސާގެ ނަތީޖާ އަށް ރިއާޔަތްކޮށް ރިސާޗަރުން ވިދާޅުވީ އޭގައި މާ ބޮޑަށް ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ވެސް ހަދާފައިވާ މިފަދަ ސާވޭތަކާއި ދިރާސާތަކުން އަންހެނުން، ކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާތެރިވާކަން ހާމަވެފައިވުމެވެ. އެގޮތުން، ސާފުވުމުގެ ގޮތުން އަތްދޮވުން ފަދަ ކަންކަމަށް އަންހެނުން މާ ބޮޑަށް އިސްކަންދޭކަން ފާހަގަކުރެވިފައިވެ އެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ނިއު ޔޯކް ޔުނިވަސިޓީގެ ސައިކޮލޮޖީ ޑިޕާޓްމަންޓްގެ ޕޯސްޓްޑޮކްޓޯރަލް ރިސާޗަރު އިމާކް އޮލްކެސޯއި އޯކްޓެން ވިދާޅުވި ގޮތުގައި ފިރިހެނުންނާ އަޅާބަލާ އިރު އަންހެނުންނަކީ އަބަދު ވެސް ސިއްހީ ކަންކަމަށް ފަރުވާތެރި ބައެކެވެ.
"އަދި އަބަދު ވެސް ޑޮކްޓަރުންގެ އިރުޝާދު ހޯދުމަކީ އަންހެނުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އަދި ދެވޭ އިރުޝާދުތަކަށް އެ މީހުން ވަރަށް ބޮޑަށް ފަރުވާ ބަހައްޓާ. ކޮވިޑްގެ މި ބަލިމަޑުކަމުން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އެއީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ކަހަލަ ފަސޭހައިން ފެތުރޭ ބައްޔަކާ ދޭތެރޭ އަންހެނުން އެހާ ބޮޑަށް ސަމާލުވުމަކީ ބަލި ކޮންޓްރޯލްކުރުމުގައި ވެސް ވަރަށް މުހިއްމު ދައުރަކަށް ވާނެ އެވެ.
"އެެހެންވީމަ ހަގޫގަތުގައި މިހާރު ޕޮލިސީމޭކަރުންގެ ޓާގެޓަކަށް ވާންވީ ފިރިހެނުން،" އިމާކް ވިދާޅުވި އެވެ. "ކަންބޮޑުވާން ޖެހެނީ ފިރިހެނުންގެ ބަލިން ރައްކާތެރިވުމުގައި ފަރުވާ ނުބަހައްޓާތީ."
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ވެކްސިން ފުރިހަމަކުރާ މީހުންނަށް އެމެރިކާގައި ލުއި ދީފި
އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟
ރޮކްގެ ފަރާތުން އެތުލީޓުންނަށް މާސްކެއް ނެރެފި
ކޭއެފްސީގެ "ފިންގަ ލިކިން ގުޑް" ކޮވިޑާހެދި ދޫކޮށްލަނީ
އެމިނެމްގެ އާ ލަވައިގައި މާސްކް ނާޅާ މީހުންގެ ވާހަކަ