Roadha Mihaaru

ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިިހިިއްޖެ އެވެ.

ކެފޭއެއްގައި ރޯވެ މީހަކު ފިހިއްޖެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

18 ޑިސެމްބަރ 2020

މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިިހިިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު ސަލްމާން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ ހެނދުނު 11:17 ހާއިރެވެ.

ފުލުހުން ބުނީ މި ހާދިސާގައި، އެ ތަނުގައި މަސައްކަތްކުރާ ބިދޭސީއަކު ކޮންމެވެސް ވަރަކަށް ފިހުނު ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ އެ ކެފޭގެ ބަދިގޭގައި ހުރި ގޭސް ފުޅިއެއްގައި ރޯވެގެންނެވެ.