Roadha Mihaaru
ރޯވި ކެފޭ ތަޅާ ނިންމާލައިފި

އަލިފާނުގެ ހާދިސާ ހިނގި ކެފޭ ހުރި އިމާރާތް ތަޅާ ނިންމާލައިފި

14 ސެޕްޓެމްބަރ 2024

އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި އިމާރާތް ތަޅާ ނިންމާލުމަށްފަހު ބަންދުކޮށްފައި އޮތް ސަރަހައްދު ހަތަރު ދުވަސް ފަހުން މިއަދު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހުރި އިމާރާތް ތަޅާ ނިންމާލުމަށްފަހު ބަންދުކޮށްފައި އޮތް ސަރަހައްދު ހަތަރު ދުވަސް ފަހުން މިއަދު ހުޅުވާލައިފި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގި ހ. ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ނިމުމުން، ސޯސަން މަގުން ބަންދު ކޮށްފައި އޮތް ސަރަހައްދު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރީ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ކެފޭ ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ

އަލިފާނުގެ ހާދިސާ ހިނގި ކެފޭ ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ

ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭގައި ރޯވީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އެ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. މަތީ ދެ ފްލޯ ހަދާފައި ހުރީ ޑެކު އަޅައި ވަށައިގެން ޓިނު ޖަހައިގެންނެވެ. އެ ދެ ފުލޯ ބޭނުންކުރީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. އެ ހާދިސާގައި ވަނީ މުޅި އިމާރާތް އަނދައިފަ އެވެ.

ޕަބްލިކް ވޯކްސް މިނިސްޓްރީން މީގެ ކުރިން ވަނީ މާލޭގައި ފަޅަށް ހުރި އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ ވެސް ތަޅާލައިފަ އެވެ.