18 ޑިސެމްބަރ 2020
ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހިމްގެ މައްޗަށް ބޮޑު ތިން ދައުވާއެއް އުފުލައިފި އެވެ. ޝަހީބުގެ އިތުރުން މި މައްސަލާގައި ހިމެނޭ އެހެން ތިން މީހަކާއި ކުޑަކުއްޖެއްގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅި އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހިމްގެ މައްޗަށް ބޮޑު ތިން ދައުވާއެއް އުފުލައިފި އެވެ. ޝަހީބުގެ އިތުރުން މި މައްސަލާގައި ހިމެނޭ އެހެން ތިން މީހަކާއި ކުޑަކުއްޖެއްގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅި އެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ކޮންމެ ދައުވާ އަކުން ވެސް 25 އަހަރުގެ ޖަލު ހުކުމަކާއި 100،000ރ 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނު މީހަކީ ޝަހީބު ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ނަމަވެސް ބަންދުގެ 15 ދުވަސް ހަމަވުމުން ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކުރީ އިތުރަށް ބަންދުގައި ބަައްޓަން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރާށެވެ.
ޝަހީބަކީ މީގެ ކުރިން ވެސް އެފަދަ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޝަހީމް މި މައްސަލައިގައި ހައްޔަރުކުރުމާ އެކު އޭނާ ވަނީ ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
ދެ ކިލޯގެ ޑްރަގް ގެންގުޅުނު ބިދޭސީއަކު އުމުރަށް ޖަލަށް
ތިން ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ މީހާ އުމުރަށް ޖަލަށް