29 ޑިސެމްބަރ 2020
މެންޗެސްޓާ (ޑިސެމްބަރު 29) – މެންޗެސްޓާ ޔުނައިޓެޑުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަށް ޓޮޕް ސްޓްރައިކަރެއްގެ ގޮތުގައި އަދިވެސް އަހަރުތަކެއް ކުޅެވިދާނެ ކަމަށާއި އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުންވާ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 29) – މެންޗެސްޓާ ޔުނައިޓެޑުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަށް ޓޮޕް ސްޓްރައިކަރެއްގެ ގޮތުގައި އަދިވެސް އަހަރުތަކެއް ކުޅެވިދާނެ ކަމަށާއި އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުންވާ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޕީއެސްޖީ ދޫކޮށްލުމަށް ފަހު ނުކުޅެ ދުވަސްތަކެއް ހުރުމަށް ފަހު ކަވާނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅުނީ ސެޕްޓެމްބަރު މަހު އެވެ. އިތުރު އަހަރަކަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތްއިރު ސޯލްޝެއާ ބުނީ ކްލަބުން އެގޮތަށް އަމަލުކުރާނެ ބެލެވޭ ކަމަށެވެ.
"މިވަގުތަށް ބަލާއިރު ފެންނަނީ އޭނާގެ ކެރިއަރގައި އަދި އަހަރުތަކެއް އެބައޮތްކަން. އެހެންވެ އަހަރެން އިތުރު ވާހަކައެއް ނުދައްކާނަން. އޭނާ މި ކްލަބަށް އައި ފަހުން މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ފެންނަނީ،" ސޯލްޝެއާ ބުންޏެވެ.
ކަވާނީ ޔުނައިޓެޑަށް 13 މެޗުން ހަތަރު ގޯލް ޖަހައިދީފަ އެވެ. އޭނާގެ ބޭނުން ޔުނައިޓެޑުން ބޮޑަށް ހިފަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ސޯލްޝެއާ ވަނީ ކަވާނީގެ ދައުރަކީ މުހިއްމު ބަދަލު ކުޅުންތެރިއެއްގެ ދައުރު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އޭނާ އަކީ ޔަގީނުން ވެސް ފުރަތަމަ އެގާރައިގެ ކުޅުންތެރިއެއް. އެ ފެންވަރުގެ ކުޅުންތެރިއަކު އެ ނޫން ގޮތަކަށް ސިފަނުކުރެވެނެ. އޭނާ ހީވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ބެންޗުން ފަށާ މެޗުތަކަށް ވުރެ ގިނައިން ފުރަތަމަ އެގާރައިގައި ކުޅޭނެ،" ސޯލްޝެއާ ބުންޏެވެ.
ކަވާނީ، 33، ވަނީ ޕީއެސްޖީގައި ހޭދަކުރި ހަތް ސީޒަނުގައި 200 ގޯލް ޖަހައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. އޭގެ ކުރިން އިޓަލީގެ ނަޕޯލީ އާއި ޕަލާމޯގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.
ކަވާނީ ކޮންޓުރެކްޓް އާކޮށްފި
ކަވާނީ ބޮކަ ޖޫނިއާސް އަށް ބަދަލުވުުމުގެ ފުރުސަތު ބޮޑު
ކަވާނީ ތިން މެޗަށް ސަސްޕެންޑް!
ކަވާނީ އަަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ
ކަވާނީ މާފަށް އެދުނު ނަމަވެސް މައްސަލަ ކުރިއަށް
އިންސްޓަގްރާމް ޕޯސްޓެއް މައްސަލައިގައި ކަވާނީ ހޫނުފެނަށް
ކޮވިޑާ ހެދި ރިޓަޔާކުރަން ވިސްނިން: ކަވާނީ
އާސެނަލަށް ޕާޓޭ، ޔުނައިޓެޑަށް ކަވާނީ
ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވަނީ: ރިޕޯޓް
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު