01 ޖެނުއަރީ 2021
މެންޗެސްޓާ (ޖެނުއަރީ 1) - އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.
މެންޗެސްޓާ (ޖެނުއަރީ 1) - އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.
ނޮވްމެބަރު 29 ވަނަ ދުވަހު ރަށުން ބޭރުގައި ސައުތެމްޓަން އަތުން ފަހަތުން އަރައި 3-2 އިން ޔުނައިޓެޑް މޮޅުކޮށްދޭން އެހީތެރިވެދިނުމަށް ފަހު އުމުރުން 33 އަހަރުގެ ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ މައާފަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން ނިންމީ މައްސަލަ ކުރިއަށް ގެންގޮސް ކަވާނީ ތިން މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 100،000 ޕައުންޑުން އޭނާ ޖޫރިމަނާކުރާށެވެ.
އެފްއޭ އިން ކަވާނީ އަށް އަދަބުދޭނެކަން އަންގައި އޭނާ އަށް އޮތީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޖަވާބުދާރީވާން ފުރުސަތު ދީފަ އެވެ. އެކަމަކު ކަވާނީ ކުށަށް އިއުތިރާފުވުމުން އެފްއޭ އިން އަވަހަށް މައްސަލައިގައި ފިޔަވަޅު އެޅީ އެވެ. ކަވާނީ އަށް ގެއްލޭނެ ތިން މެޗަކީ ލީގުގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗާއި މި ހަފްތާގައި ލީގު ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އެފްއޭ ކަޕްގައި ވަޓްފޯޑާ ބައްދަލުކުރާ މެޗެވެ.
މައްސަލަ ދިމާވީ ސައުތެމްޓަން އަތުން މޮޅުވި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރައި ދެ ގޯލު ޖެހުމުން އޭނާ އަށް މަރުހަބާ ކިޔުމަށް ސަޕޯޓަރުން ކުރި ޕޯސްޓުތަކެއްގެ ތެރެއިން އެއް ޕޯސްޓަށް ދިން ޖަވާބެއްގައި ނަސްލީ ތަފާތުކުރުމާ ގުޅޭ އިބާރާތެއް ބޭނުންކުރުމުންނެވެ. އެއާ އެކު ވަގުތުން އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެކަން އެނގުމާ އެކު ކަވާނީ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ. ކަވާނީ ކުރި ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" ކަމަށް ބުނީ އޭނާގެ ރަހުމަތްތެރިއަކަށް ނިސްބަތްކޮށް ސަމާސާއެއްގެ ގޮތުގައި ކަމަށް ބުނެ ޔުނައިޓެޑުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައިވާތީ އިނގިރޭސި އެފްއޭ އިން މީގެ ކުރިން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ޓޮޓެންހަމްގެ ޑެލޭ އަލީ އަށް އަދަބުދީފައިވާތީ އެވެ. އެ ދެ ކުޅުންތެރިންނަށް ވެސް އައީ އެއް މެޗުގެ ސަސްޕެންޝަނެކެވެ.
ކަވާނީ ކޮންޓުރެކްޓް އާކޮށްފި
ކަވާނީ ބޮކަ ޖޫނިއާސް އަށް ބަދަލުވުުމުގެ ފުރުސަތު ބޮޑު
ކަވާނީ މަޑުކުރުވަން ސޯލްޝެއާ ބޭނުންވޭ
ކަވާނީ އަަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ
ކަވާނީ މާފަށް އެދުނު ނަމަވެސް މައްސަލަ ކުރިއަށް
އިންސްޓަގްރާމް ޕޯސްޓެއް މައްސަލައިގައި ކަވާނީ ހޫނުފެނަށް
ކޮވިޑާ ހެދި ރިޓަޔާކުރަން ވިސްނިން: ކަވާނީ
އާސެނަލަށް ޕާޓޭ، ޔުނައިޓެޑަށް ކަވާނީ
ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވަނީ: ރިޕޯޓް
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު