Roadha Mihaaru
ބޯހިޔާވަހިކަން ހޯދައިދޭން ބިޔޯންސޭ އެހީވަނީ

ބޯހިޔާވަހިކަން ހޯދައިދޭން ބިޔޯންސޭ އެހީވަނީ

31 ޑިސެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މާލީ ދަތިތަކާ ހުރެ ލޯނާއި ކުލި ނުދެއްކި ބޯހިޔާވަހިކަން ގެއްލިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ 100 މީހަކަށް އެހީ ދޭން އެމެރިކާގެ މަޝްހޫރު މަޝްހޫރު ލަވަކިޔުންޔެރިޔާ ބިޔޯންސޭ ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މާލީ ދަތިތަކާ ހުރެ ލޯނާއި ކުލި ނުދެއްކި ބޯހިޔާވަހިކަން ގެއްލިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ 100 މީހަކަށް އެހީ ދޭން އެމެރިކާގެ މަޝްހޫރު މަޝްހޫރު ލަވަކިޔުންޔެރިޔާ ބިޔޯންސޭ ނިންމައިފި އެވެ.

މީގެ ކުރިން ވެސް ކޮވިޑް ތެރޭގައި ބިޔޯންސޭގެ އަމިއްލަ ފައުންޑޭޝަން "ބޭގުޑް" ގެ ދަށުން ދެ ފަހަރެއްގެ މަތިން ފައިސާގެ އެހީ ދީފައިވެ އެވެ. މި ފަހަރު ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް އެހީވާން 500،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

ހޮވާލެވޭ 100 މީހަކަށް 5،000 ޑޮލަރުގެ މަގުން ފައިސާގެ އެހީ ވަނީ ދީފަ އެވެ.

މި ވާހަކަ އަންގާރަ ދުވަހު ބިޔޯންސޭގެ ވެބްސައިޓާއި އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ އެ އެހީ އަށް އެދުމުގެ ފުރުސަތު ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ބިޔޯންސޭ ބުނި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ދޫކުރާ މި އެހީ އަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންނަށް ހާއްސަ އެހީއެކެވެ. އޭނާ ކުރިން ވެސް އެހީ ދީފައި ވަނީ އެ މީހުންނަށެވެ. ސަބަބަކީ މި ފަހަކަށް އައިސް އެމެރިކާގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ، ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލިގެން ދިއުމެވެ.

ބިޔޯންސޭ ބުނީ ހައުސިން ގްރާންޓަށް އެދޭއިރު އެކަމާ ގުޅޭ ލިޔުންތައް ނެޝަނަލް އެސޯސިއޭޝަން ފޯ ދި އެޑްވާންސްމަންޓް ކަލަޑް ޕީޕަލް (އެންއޭއޭސީޕީ) އަށް އަށް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބިލިއަނަރު މިއުޒިޝަން ޖޭ-ޒީއާ ކައިވެނިކޮށް ތިން ދަރިން ތިބި ބިޔޯންސޭ، 39، ގެ މިލްކިއްޔާތު 400 މިލިއަން ޑޮލަރަށް އަރަ އެވެ.