Roadha Mihaaru
ދިއްލީ އަކީ މިހާރު ގޭސް ޗެމްބަރެއް: ޗީފް މިނިސްޓަރު

ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު

06 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 6) - ވެރިރަށް ނިއު ދިއްލީގެ ޖައްވު ކިލަނބުވެގެން ގޮސް އެ ސިޓީ މިހާރު ހީވަނީ "ގޭސް ޗެމަބަރެއް" ހެން ކަމަށް ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ނޮވެމްބަރު 6) - ވެރިރަށް ނިއު ދިއްލީގެ ޖައްވު ކިލަނބުވެގެން ގޮސް އެ ސިޓީ މިހާރު ހީވަނީ "ގޭސް ޗެމަބަރެއް" ހެން ކަމަށް ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ 15-20 ދުވަހު ތެރޭ ދިއްލީގެ ޖައްވު ނުސާފުވަމުން ގޮސް އެންމެ ފަހުން ކުދިން ސްކޫލަަށް ނުދެވޭ ހިސާބަށް ދިއުމުން އިއްޔެ ވަނީ ދިއްލީގެ 1،800 ސްކޫލް ބަންދުކޮށްފަ އެވެ. ކެޖްރިވާލް ވިދާޅުވީ ސްކޫލްތައް ތިން ދުވަހަށް ބަންދުކުރާނެ ކަމަށެވެ. ދުން ބޯވުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ކެޖްރިވާލް ވަނީ ނިންމަވައިފަ އެވެ.

ދުން ބޯވެފައިވާ ދިއްލީގެ މަގެއްގައި ބަޔަކު ހިނގާލާފައި ދަނީ. --ފޮޓޯ:އޭއެފްޕީ

ދުން ބޯވެފައިވާ ދިއްލީގެ މަގެއްގައި ބަޔަކު ހިނގާލާފައި ދަނީ. --ފޮޓޯ:އޭއެފްޕީ

ކެޖްރިވާލް ވިދާޅުވީ ދާދި ފަހުން އިންޑިއާގައި ފާހަގަކުރި ދިވާލީ ހަފުލާއާ ގުޅިގެން އެރުވި ބަޑި ބޭހުގެ ދުމުގެ ސަބަބުން ވެސް ޖައްވު ކިލަނބުވި ކަމަށެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ޖައްވުމުގެ ނުސާފުކަން ބޮޑުވެފައި ވަނީ ދުއްވާ އެއްޗެހީގެ ދުމާއި ދަނޑުތައް އެންދުމުގެ ސަބަބުން ކަމަށެވެ.

ދުން ބޯވެފައިވާ ދިއްލީގެ މަގެއްގައި މީހަކު ބައިސްކަލުގައި ދަނީ. --ފޮޓޯ:އޭއެފްޕީ

ދުން ބޯވެފައިވާ ދިއްލީގެ މަގެއްގައި މީހަކު ބައިސްކަލުގައި ދަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަނިލް މަދާވް ޑޭވް ވިދާޅުވީ ދުން ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދިއްލީގެ ސަރުކާރާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދިއްލީގެ ދެކުނުގެ ހިސާބުތަކުގެ ވައިގެ ނުސާފުކަން މިދިޔަ ހަފުތާގައި ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ ގޯސްކޮށެވެ.