Roadha Mihaaru
އާ ވެރިއަންޓާ ގުޅިގެން އިންގްލެންޑް ލޮކްޑައުންކޮށްފި

އާ ވެރިއަންޓާ ގުޅިގެން އިންގްލެންޑް އަނެއްކާވެސް ލޮކްޑައުންކޮށްފި

05 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 5) - ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން އިންގްލޭންޑާއި ސްކޮޓްލޭންޑް ލޮކްޑައުންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖެނުއަރީ 5) - ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން އިންގްލޭންޑާއި ސްކޮޓްލޭންޑް ލޮކްޑައުންކޮށްފި އެވެ.

އިންގްލޭންޑުގެ އިތުރުން ސްކޮޓްލޭންޑް، ވޭލްސް އަދި ނޯދަން އައިލެންޑްގެ ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އިންގްލެންޑުގެ ލޮކްޑައުން ވަނީ ފެބްރުއަރީ މެދަކާ ހަމައަށް އިއުލާންކޮށްފަ އެވެ. ސްކޮޓްލެންޑުގެ ލޮކްޑައުން މި މަހު ފަހުކޮޅު އަލުން ރިވިއު ކުރާނެ އެވެ. ވޭލްސް ވަނީ ޑިސެމްބަރު 20 އިން ފެށިގެން ލޮކްޑައުންކޮށްފަ އެވެ. އަދި ވޭލްސްގެ ސްކޫލްތައް ވަނީ ޖެނުއަރީ 18 އާ ހަމައަށް ބަންދުކޮށްފަ އެވެ. ނޯދަން އައިލެންޑް ވެސް ވަނީ ޑިސެމްބަރު 26 އިން ފެށިގެން ލޮކްޑައުން ކޮށްފަ އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ކުރިއަށް އޮތީ ވައިރަސް ވަރުގަދައަށް ފެތުރިގެންދާނެ ހަފުތާތަކެއް ކަމަށެވެ.

އިންގްލެންޑުގެ ލޮކްޑައުން އިއުލާން ކުރައްވަމުން ޖޯންސަން ވިދާޅުވީ ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ހޮސްޕިޓަލްތަކަށް މިހާ ބާރު ބޮޑު ދުވަސްވަރެއް ނާންނަ ކަމަށެވެ. ބޭސް ގަތުމަށާއި ކާބޯތަކެތި ގަތުން އަދި ކަސްރަތު ކުރުން ފަދަ ކަންކަމަށް ނޫނީ މީހުން ބޭރަށް ނުނިކުތުމަށް ޖޯންސަން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އިންގްލެންޑް ލޮކްޑައުން ކުރިއިރު ޔޫކޭގެ ޗީފް މެޑިކަލް އޮފިސަރުން ވަނީ ކޮވިޑުގެ ނުރައްކާ ލެވެލް ފަހަކަށް މައްޗަށް ޖައްސަން ލަފާދީފަ އެވެ. ލެވެލް ފަހެއް ނުވަތަ އެންމެ މަތީ ލެވެލް އަކީ ކޭސްތައް އިތުރުވެ ހޮސްޕިޓަލްތަކަށް ނުތަކާ މިންވަރަށް މައްޗަށް ދިއުމެވެ.

އިންގްލެންޑް ލޮކްޑައުން ކުރި އިރު ހޯމަ ދުވަހު އެކަނި ވަނީ އިނގިރޭސިވިލާތުން 58,784 މީހުން ޕޮޒިޓިވްވެ 407 މީހުން މަރުވެފަ އެވެ. އިނގިރޭސި ވިލާތުން ވަނީ މިހާތަނަށް 2,713,563 މީހުން ޕޮޒިޓިވްވެ 75,431 މީހުން މަރުވެފަ އެވެ.