26 ޖެނުއަރީ 2021
އިލެކްޓްރިކް ކާރު އުފައްދަން މަޝްހޫރު ޓެސްލާ ކުންފުނީގެ ސޮފްޓްވެއާއެއް "ވަގަށް ނެގި" ކަމަށް ބުނާ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ދައުވާކުރަން ނިންމައިފި އެވެ.
އިލެކްޓްރިކް ކާރު އުފައްދަން މަޝްހޫރު ޓެސްލާ ކުންފުނީގެ ސޮފްޓްވެއާއެއް "ވަގަށް ނެގި" ކަމަށް ބުނާ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ދައުވާކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ މަހުޖަނު އީލޮން މަސްކްގެ ކުންފުނީގެ ވާޕް ޑްރައިވް ސޮފްޓްވެއާ ގުޅުން ހުރި އިންޓާނަލް ނެޓްވޯކްގެ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފައިލްތަކެއް އަމިއްލަ ޑްރޮޕްބޮކްސްގައި ރައްކާކުރީ އެ ކުންފުނީގައި ކުރިން ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި އެލެކްސް ޚަޓިލޯވް ކަމަށެވެ. އޭނާ ކުންފުނިން ވަކިކުރީ ވެސް އެ މައްސަލަ ފަޅާއެރުމުންނެވެ.
މި މައްސަލާގައި އެލެކްސް ނިއު ޔޯކް ޕޯސްޓަށް ބުނީ ޓެސްލާގެ ފައިލްތަކެއް އަމިއްލަ ޑްރޮޕްބޮކްސް އަށް ލީ ގަސްތުގައި ނޫން ކަމަށާއި އެކަން ހިނގީ އޮޅުމަކުން ކަމަށް ކުންފުނީގެ ވެރިންގެ ގާތުގައި ކުރިން ވެސް ބުނެފައިވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޓެސްލާ އިން ދައުވާކުރަން ނިންމިކަން ވެސް ކުންފުނީގެ ފަރާތުން އަންގާފައި ނެތް ކަމަށާއި އެކަން އެނގުނީ މީޑިއާތަކުން ކަމަށް އެލެކްސް ބުންޏެވެ.
"ވައްކަން ކުރި" ކަމަށް ބުނެ ޓެސްލާ އިން އެލެކްސް އަށް ދައުވާކުރި ނަމަވެސް މި ދައުވާއާ ގުޅޭ ތަފުސީލުތަކެއް މީޑިއާތަކުން ހާމައެއްނުކުރެ އެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޓެސްލާ އިން ކުންފުނީގެ މުވައްޒަފުންނަށް ދައުވާކޮށްފައިވެ އެވެ. އެގޮތުން ކުންފުންޏާ ގުޅޭ ވަރަށް ސިއްރު މައުލޫމާތުތަކެއް ނޫހަކަށް ދިން މައްސަލައެއްގައި މިދިޔަ މަހުގެ ތެރޭގައި ޓެސްލާގެ ޕްރޮސެސް ޓެކްނިޝަން މާޓިން ޓްރިޕްގެ މައްޗަށް ވެސް ދައުވާކޮށްފައިުވެ އެވެ. އެ މައްސަލާގައި އޭނާ ވެސް މަގާމުން ވަކިކޮށްފައިވެ އެވެ.
ޓެސްލާ އަކީ "ސެލްފް-ޑްރައިވިން" ޓެކްނޮލޮޖީ ތަރައްގީކޮށް އެ ޓެކްނޮލޮޖީ ހިމެނޭ ކާރު ހަގީގަތަކަކަށް ހަދަން އެންމެ ބާރު ސްޕީޑްގައި މަސައްކަތްކުރާ ކުންފުންޏެވެ. މިއާ އެކު އެ ކުންފުނީގެ ޓެކްނޮލޮޖީތަކަށް ވާދަވެރި އެހެން ކުންފުނިތަކުން އަބަދު ވެސް ވަރަށް ބޮޑަށް ފާރަލަ އެވެ.
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
އެޕަލް އަށް ޓެސްލާ ވިއްކާލަން އުޅުނިން: އީލޮން
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އީލޮންގެ ޓެސްލާ އިންޑިއާ އަށް ގެންނަން ވިޖޭ ލޮބީކުރަނީ
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"
ޓެސްލާގެ ހިއްސާތަކެއް އީލޮން ވިއްކާލައިފި
މުއްސަނދިކަމުން އީލޮން އަށް އާ ރެކޯޑެއް
އެޕަލްގެ ކާރު ޑިވިޝަންގެ ވެރިޔާ ފޯޑާ ގުޅިއްޖެ