09 ނޮވެމްބަރ 2016
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު 11 ޕަސެންޓަށް ވުރެ ކުޑަކޮށް، އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ކުޑަކޮށް ހުށަހެޅި ފުރަތަމަ ބަޖެޓަކަށް ހަދައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު 11 ޕަސެންޓަށް ވުރެ ކުޑަކޮށް، އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ކުޑަކޮށް ހުށަހެޅި ފުރަތަމަ ބަޖެޓަކަށް ހަދައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކުރާ މިންވަރު.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ވިދާޅުވި ގޮތުގައި މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރިކަރެންޓް ހަރަދު ވަނީ ގާތްގަނޑަކަށް 300 ޕަސެންޓަށް ބޮޑުވެފަ އެވެ. މިފަދަ ހަރަދުތަކުން ބަޖެޓް ޑެފިސިޓް އިތުރުވެ، ދަރަނި އަދާކުރަން ހުރަސް އެޅުމުގެ އިތުރަށް، އުފެއްދުންތެރި ކެޕިޓަލް ހަރަދުތަކަށް ޖާގަ ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ނިޒާމުގެ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" މުނައްވަރު ވިދާޅުވި އެވެ.
އެހެންވެ، މި އަހަރުގެ ރިކަރެންޓް ހަރަދަށް ވުރެ އަންނަ އަހަރުގެ ރިކަރެންޓް ހަރަދު 11 ޕަސެންޓަށް ދަށްކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން އޭނާ އިއުލާންކުރެއްވި އެވެ. އެހެންވެ، އަންނަ އަހަރުގެ ބަޖެޓު ވެފައި ވަނީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފަހުގެ ތާރީހެއްގައި ފާއިތުވި އަހަރަށް ވުރެ ރިކަރެންޓް ހަރަދު ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅައި އެކަމަށް އަމާޒުކޮށް އެކުލަވާލި ފުރަތަމަ ބަޖެޓަށެވެ.
ރިކަރަންޓް ހަރަދު ކުޑަކުރަން ބަޖެޓުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުގެ މާލީ ހިންގުން ހަރުދަނާކުރުމާއި ތަރައްގީގެ މަގްސަދުތަކަށް އިސްކަން ދީ، ކަމުގެ މުހިއްމުކަން ބަލައިގެން މަޝްރޫއުތައް ތަރުތީބުކުރުމުގެ އިތުރަށް، ބަޖެޓުން ދޭ ސަބްސިޑީތަކާއި އެހީތައް އޭގެ ހައްގުވެރިންނަށް ހާއްސަކުރުމާއި ބަޖެޓަށް ބުރަ ބޮޑު ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި ދިނުން ހިމެނެ އެވެ.
- މުވައްޒަފުންނަށް: 6.8 ބިލިއަން ރުފިޔާ (50.2 ޕަސެންޓް)
- ޕެންޝަން: 1.4 ބިލިއަން ރުފިޔާ (10.6 ޕަސެންޓް)
- އެހީ އާއި ސަބްސިޑީ: 1.2 ބިލިއަން ރުފިޔާ
މި އަހަރަށް މަޖިލީހުން ފާސްކޮށް ދިން 27.5 ބިލިއަން ރުފިޔާގެ ބަޖެޓުން 15.8 ބިލިއަން ރުފިޔާ (59.1 ޕަސެންޓް) ހާއްސަކޮށްފައި ވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް (މި އަހަރުގެ ނިޔަލަށް 6.9 ބިލިއަން ރުފިޔާ، 43 ޕަސެންޓް) ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށެވެ. މިއީ މިދިޔަ އަހަރު އެކަމަށް ހަރަދުވި މިންވަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.
އެކަމަކު، އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ހާއްސަކޮށްފައި ވަނީ 13.6 ބިލިއަން ރުފިޔާ (ބަޖެޓުގެ 49.3 ޕަސެންޓް) އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ކުރާ ހަރަދު އަންނަ އަހަރު ވެސް ހުންނާނީ 6.9 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި ސަބްސިޑީ އާއި އެ ނޫން ވެސް އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ.
ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން: ރައީސް
ދައުލަތުގެ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތުން އޭޑީސީ ނަގަން
އަހަރަކު ބިލިއަނަކަށް ވުރެ ގިނައިން ލާ ފަންޑެއް ހަދަނީ
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ހަފުތާއެއް ދީފި
ފުރާ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގަނީ