ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރު ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަން ޔޮޓެއް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
02 ފެބުރުއަރީ 2021
ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރު ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަން ޔޮޓެއް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ "ވިޓާލިއާ 2 ލަންޑަން" ކިޔާ ޔޮޓެއް މިދިޔަ މަހު ހަނިފަރު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އަދިި ޔޮޓްގައި ތިބި މީހުން އެ ސަރަހައްދުގައި ކައިޓް ސާފްކޮށް އަދި ހަނިފަރު ރަށަށް އަރައި، ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އެހެންވެ، ހަނިފަރު ސަރަހައްދުު ހިމާޔަތްކުރުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދުގެ ދަށުން އެ ޔޮޓްގެ ލޯކަލް އޭޖެންޓް ކަމަށްވާ އޭޝިއާ ޕެސިފިކް ސުޕަ ޔޮޓްސް ޕްރައިވެޓް ލިމިޓެޑް 6،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދަށް ވަނުމަށް ހުއްދައެއް ނަގަން ޖެހެ އެވެ. އަދި ބައެއް ކަހަލަ ހަރަކާތްތައް އެތަނުގައި ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ.
ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ
ފެހުރިހި ދައްކަން ޓޫރިސްޓުން ތޮއްޖައްސަނީ!
އައްޑު އާއި ފުވައްމުލައް ބަޔޮސްފިޔާ ރިޒާވަކަށް
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ