ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
04 ފެބުރުއަރީ 2021
ނ. މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ މި ހޮޓާ ތަރައްގީކުރަން 132،000 އަކަފޫޓުގެ ބިމެއް އެ ރަށުން ކަނޑައަޅާފައިވާ ކަމަށެވެ.
މިތަން ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ އެވެ.
މި ޕްރޮޖެކްޓުގެ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. މި ފޮތް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުން ދޫކުރާނެ އެވެ.
ބީލަން ހުށަހެޅުމުގެ ކުރިން މި ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށެވެ.
ކެލައިން ޓޫރިޒަމަށް ބިން ކުއްޔަށް ދޭން އެއްބަސްވުމެއް
ކެލާގައި ޓޫރިސްޓް ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
ޓޫރިޒަމްގެ ވިޔަފާރިތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް
ރިސޯޓްތައް ހަދަން ދޭ މުއްދަތު އިތުރުކުރަން ފީއެއް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު