ނިއު ޒީލެންޑަށް ދާ ޓޫރިސްޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަ އެހެން މީސްމީހުންގެ ފޮޓޯތައް ކޮޕީނުކުރަން ގޮވާލައި ކެމްޕޭނެއް ފަށައިފި އެވެ.
09 ފެބުރުއަރީ 2021
ނިއު ޒީލެންޑަށް ދާ ޓޫރިސްޓުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަ އެހެން މީސްމީހުންގެ ފޮޓޯތައް ކޮޕީނުކުރަން ގޮވާލައި ކެމްޕޭނެއް ފަށައިފި އެވެ.
ކޮވިޑް-19އާ ހެދި މި އަހަރު އެއްކޮށް ކަހަލަ ގޮތަކަށް ނިއު ޒީލެންޑް ޓޫރިސްޓުންނަށް ބަންދުކޮށްފައި ބޭއްވުމުގެ ޕްލޭންތަކެއް ގެންގުޅޭ އިރު، ޓޫރިޒަމް އިޝްތިހާރުކުރަން ތަފާތު ގޮތަކަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ. އޭގައި ސޯޝަލް އޮބްޒަވޭޝަން ސޮކޮޑް (ސޮސް) ގެ މެމްބަރެއްގެ ގޮތުގައި ފެންނަނީ މަޝްހޫރު ކޮމީޑިއަން ޓޮމް ސެއިންސްބަރީ، ޓޫރިސްޓުން އެހެން މީހުންގެ ފޮޓޯތައް ކޮޕީކުރާތީ އެ ވާހަކަދައްކާތަނެވެ.
މިފަދަ ކެމްޕޭނެއް ނިއު ޒީލެންޑުން ހިންގުމުގެ ބޭނުމަކީ އެ ގައުމަށް ދަތުރުކުރަން ޝައުގުވެރިވާ މީހުން، ގައުމުގެ ހާއްސަ ތަންތަނަށް ދަތުރުކުރާ އިރު ތަންތަނުގެ މަންޒަރުތައް ވީހާ ވެސް ތަފާތުކޮށް ގެނެސްދޭން ހިތްވަރު ދިނުމެވެ.
ޓޫރިސްޓުން އޮރިޖިނަލް ފޮޓޯތައް ނަގައި، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރަން ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނަކީ ނިއު ޒީލެންޑުން ފަށާފައިވާ "ޑޫ ސަމްތިން ނިއު" ކެމްޕޭންގެ ބައެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިއެކޭ އެއްގޮތަށް ނިއު ޒީލެންޑް ޓޫރިސްޓުންނަށް ހުޅުވައިލާނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިމުމުންނެވެ. އަދި އެ ގައުމަށް ދަތުރުކުރަން އެހެން ގައުމުތަކަށް ވެސް ހުޅުވައިލާނީ ގައުމުތަކުގައި ގިނަ ބަޔަކަށް ވެކްސިން ދީފައިވާކަން ކަށަވަރުކުރުމަށް ފަހު އެވެ.
ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވުމުގެ އިތުރުން އަމާންކަމާއި ސުލްހަމަލަސްކަމަކީ ޓޫރިސްޓުންގެ މެދުގައި ނިއު ޒީލެންޑް ބޮޑަށް މަގޫބުލުވެފައި އޮންނަ ސަބަބުތަކެވެ.
އައި ތަނެއް ނޭނގޭ ފްލޯޓިން ބްރޭކްފާސްޓް
ޝްރަދާގެ އިންސްޓަގެ 60 މިލިއަން ރާއްޖޭގެ ފޮޓޯއަކުން
އެންމެ މަގުބޫލު ހޮޓެލްތަކުގެ ތެރޭ ރާއްޖޭގެ ދެ ރިސޯޓެއް
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޖަނަވާރުންނާ އެކު ސެލްފީ ނެގުމާ ދެކޮޅު ކެމްޕޭނެއް
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި