Roadha Mihaaru
ހިޔާ ފްލެޓުތަކަށް މެއި/ޖޫންގައި ވަދެވޭނެ: ސަރުކާރު

ހިޔާ ފްލެޓުތަކަށް އަންނަ މެއި/ޖޫންގައި ވަދެވޭނެ: ސަރުކާރު

10 ފެބުރުއަރީ 2021

ރާއްޖޭގައި ތާރީހުގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ހިޔާ" ފްލެޓުތަކަށް އަންނަ މެއި/ޖޫން ހިސާބުގައި މީހުންނަށް ވަދެވޭވަރުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތާރީހުގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ހިޔާ" ފްލެޓުތަކަށް އަންނަ މެއި/ޖޫން ހިސާބުގައި މީހުންނަށް ވަދެވޭވަރުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފްލެޓުތަކުގައި މިހާރު ކުރަމުން އަންނަނީ ކަރަންޓު ގުޅައި ފެނުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑަށް އެންމެ ފަހުން މިކަމާ ގުޅޭ މައުލޫމާތު ސާފުކޮށްލިއިރު އަންދާޒާކުރެވެނީ މެއި/ޖޫން، އެ ހިސާބުގައި އެ ތަނަށް [ހިޔާ ފްލެޓަށް] ފުރަތަމަ މީހުންނަށް ވަދެވެން ފަށާނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގައި ހެދި ފްލެޓްތަކަށް ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި މީހުންނަށް ވަދެވޭނެ ކަމަށް ސަރުކާރުން އިއުލާން ކުރިއިރު، 6،720 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް ރޭ ވަނީ އާއްމުކޮށްފަ އެވެ.

ފްލެޓުތަކަށް ހުޅުވާލިއިރު 25،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ފްލެޓު ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ ފްލެޓު ހަވާލުކުރުމާއި އެ ތަނަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. ފްލެޓު ކޮމިޓީގެ މަސައްކަތަކީ ފޯމުތައް އިވެލުއޭޓުކޮށް އޭގެ ހައްގުވެރިން ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް (ވ) އަދި ފްލެޓު ކޮމިޓީގެ މެމްބަރު ތޯހާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް (ވ) އަދި ފްލެޓު ކޮމިޓީގެ މެމްބަރު ތޯހާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފްލެޓު ލިބޭ މީހުންގެ ލިސްޓުތަކުގެ އިތުރަށް އެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅައި ފްލެޓު ނުލިބޭ މީހުންގެ ލިސްޓު ވެސް އާއްމުކުރި އެވެ. އެ ކެޓަގަރީއަކުން ފްލެޓަށް ޝަރުތު ހަމަނުވާ ލިސްޓުގައި ސަބަބުތައް ވެސް ހިމަނާފައި ވެ އެވެ.

ތޯހާ ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރީ، ވަގުތީ ލިސްޓަށް ލިބުނު ހުރިހާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހު ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައި ވިޔަސް އާ ސަރުކާރުން ފްލެޓްތަކުގެ ގްރައުންޑް ފްލޯ، އަސާސީ ބޭނުންތަކުގެ ވިޔަފާރިތަކަށް ހަމަޖެއްސުމުން ފްލެޓުގެ އަދަދު ވަނީ މަދުވެފަ އެވެ،