އޮޔާ ދިޔަ ޑިންގީއެއްގައި އެކަނިމާއެކަނި އިން މީހަކު ވ. އަންބަރާ ބޭރުން މިއަދު ފެނިގެން ސަލާމަތްކޮށްފި އެވެ.
16 ފެބުރުއަރީ 2021
އޮޔާ ދިޔަ ޑިންގީއެއްގައި އެކަނިމާއެކަނި އިން މީހަކު ވ. އަންބަރާ ބޭރުން މިއަދު ފެނިގެން ސަލާމަތްކޮށްފި އެވެ.
އެ މީހާ ފެނުނީ އެ ސަރަހައްދުން ދަތުރުކުރި ސަފާރީއަކަށެވެ. އަދި މިއަދު ހަވީރު 5:10 ހާއިރު ސިފައިންނަށް ރިޕޯޓު ލިބުމާއެކު، ކޯސްޓްގާޑު ލޯންޗުން ވަނީ، އެ މީހާ ސަލާމަތްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ މީހާ އަތުގައި ހުރި ލިޔެ ކިޔުންތަކަށް ބަލާއިރު އެއީ ސްރީ ލަންކާ މީހެއް ކަމަށް ބެލެވެ އެވެ.
އެ މީހާ އިން ޑިންގީގެ ޑިޒައިނާއި އޭގެ ރަޖިސްޓްރީ ނަންބަރުން ބެލެވޭ ގޮތުގައި އެއީ ލަންކާ އުޅަނދެކެވެ. ރަޖިސްޓްރީ ނަންބަރުން ބޮޑަށް ބެލެވެނީ އެއީ ލަންކާގެ ނިގަމްބޯގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށެވެ.
ޑިންގީގައި އިން މެދުއުމުރުގެ ފިރިހެން މީހާ އިނީ ވަރަށް ބޮޑަށް އަނަރޫފަވެފަ އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން، ޑިންގީއާ އެކު އެ މީހާ މިހާރު ވ. ފެލިދޫއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެހީވަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި
ކޮޅުވެއްޓި ހޯދަން ލަންކާ އިން ވެސް އެހީތެރިވަނީ
ގެއްލުނު ދޯނި ހޯދަން ދެ ގައުމެއްގެ އެހީ އަށް އެދެފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް