Roadha Mihaaru
ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެހީވަނީ

ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެހީވަނީ

20 ޖުލައި 2019

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެ ހަތް މަސްބޯޓަކީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހުނު ބޯޓްތަކެކެވެ.

އެހީތެރިކަން ފޯރުކޮށްދޭންކަމަށް ބުނެ އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓް--

އެމްއެންޑީއެފް ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓްތަކުން އެހީތެރި ކަމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ކޮޅިގަނޑުގެ އަސަރު ނުކުރާ ސަރަހައްދަށް ވަތް ނަމަވެސް އެ ބޯޓްތަކުން ރާއްޖޭގައި ބަނދަރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑުގަދަ ނޫން ހިސާބަށް އެތެރެވަރިއަށް ވަނުމުގެ ހުއްދަ ދިނީ. ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން މިއަންނަނީ،" އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ލަންކާގެ މަސްބޯޓްތަކުން ގަވައިދާ ހިލާފަށް ވަދެ މަސް ވެރިކަން ކުރުމަކީ އާންމު ކަމެކެވެ. ވަރަށް ފަހުންވެސް ވަނީ އެފަދަ ބޯޓްތަކެއް އަތުލައިގެންފަ އެވެ.