Roadha Mihaaru

ހަރުކަށި ފިކުރު ފަތުރާކަން އެނގޭ ނަމަ ފުލުހުންނަށް އަންގަން އެންސީޓީސީން އެދެފި

ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ބައިބައިވުން އުފައްދަން ބައެއް ދިވެހިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ހަރުކަށި ފިކުރު ފެތުރޭ ގޮތަށް ބަޔަކު އަމަލުކުރާކަން އެނގޭ ނަމަ ފުލުހުންނަށް އަންގަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު އެދެފި އެވެ.

ހަރުކަށިފިކުރު ފަތުރާ ނަމަ ފުލުހުންނަށް އަންގަން އެދެފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

25 ފެބުރުއަރީ 2021

ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ބައިބައިވުން އުފައްދަން ބައެއް ދިވެހިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ހަރުކަށި ފިކުރު ފެތުރޭ ގޮތަށް ބަޔަކު އަމަލުކުރާކަން އެނގޭ ނަމަ ފުލުހުންނަށް އަންގަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު އެދެފި އެވެ.

އެންސީޓީސީ އަށް ފަސް އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ސުލްހަވެރިކަން ދެމި އޮންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މަދު ބަޔަކު ކުރަމުން އަންނަ ކަންކަމުގެ ސަބަބުން ދިވެހިންގެ ސަގާފަތުގައި ހިމެނޭ ރިވެތި އުސޫލްތައް ގެއްލި، ބައިބައިވުން އުފެދޭ ކަމަށާއި އެކަމާ އާންމުން ހޭލުންތެރިވާން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.

އެ ފަދަ އަމަލުތައް މަދުކުރަން އެންސީޓީސީން ކުރަމުން އަންނަ މަސައްކަތަށް މުޖްތަމައުގެ އެންމެންގެ އެއްބާރުލުމަށް ވަނީ އެދިފަ އެވެ. އަދި ހަރުކަށި ފިކުރާ ގުޅޭ ކަމެއް ނުވަތަ އެކަމަށް މަގުފަހިވާ ކަމެއް ހިނގަން އުޅޭ ނަމަވެސް ފުލުހުންނަށް އަންގަން ވެސް ވަނީ އެދިފަ އެވެ.

ހަރުކަށި ފިކުރުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރަން އެ ސެންޓަރުން މިހާރު ވެސް ޕްރޮގްރާމްތައް ހިންގަ އެވެ.