ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މި ފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދިނުމަށް "ދިރާގު ސިއެމް" ތައާރަފްކޮށްފި އެވެ.
28 ފެބުރުއަރީ 2021
ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ފަދަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މި ފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދިނުމަށް "ދިރާގު ސިއެމް" ތައާރަފްކޮށްފި އެވެ.
ދިރާގު ސިއެމް ނުވަތަ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓްގެ ނަމުގައި ތައާރަފުކުރި މި ނިޒާމުގައި ނެޓްވޯކެއްގެ އެކި ދިމަދިމާލުން ވަގުތުން އެ ނެޓްވޯކެއްގެ ސަލާމަތީ ކަންކަމާއި ކޮމްޕްލައިންސް އާ ގުޅުން ހުރި ޑޭޓާ ހޯދާ، ޖަމާކޮށް، އެއް ތަނަކުން ފެނި އަދި މޮނިޓާ ކުރެވޭނެ އެވެ.
މި ސިސްޓަމްގެ އެހީގައި ހާއްސަކޮށް އިންޓަނެޓް ފަދަ ވިއުގަތަކާ ގުޅިފައިވާ ނެޓްވޯކްތަކަށް ދިމާވާ ސެކިއުރިޓީ މައްސަލަތައް އަވަހަށް ދެނެގަނެވޭނެ އެވެ. މައްސަލަތައް ހައްލު ކުރުމާއި އަދި ސެކިއުރިޓީގެ ބެސްޓް ޕްރެކްޓިސްތަކަށް ނެޓްވޯކް ފެއްތުމުގެ މަސައްކަތް ވެސް މިހާރަށް ވުރެ ފަސޭއިން ދިރާގު ސިއެމް މެދުވެރިކޮށް ކުރެވޭނެ އެވެ. އަދި ރިޕޯޓްތައް ތައްޔާރުކުރުމަށް ސައިބާ ސެކުއިރިޓީ ޓީމްތަކަށް ފަސޭހަވެގެން ދާނެ އެވެ.
ދިރާގު ސިއެމް އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި ނެޓްވޯކް އާ ބެހޭ މުހިންމު މައުލޫމާތުތައް ލައިވްކޮށް އެއް ޑޭޝްބޯޑަކުން ބަލާލެވޭނެ އެވެ. ނެޓްވޯކްގެ ތެރޭގައި ވަގުތުން ހިނގަމުންދާ ކަންކަމާއި ކުރިން ހިނގާފައިވާ ކަންކަން ބަލާލެވޭނެ އެވެ. އެ ވަގުތު ނެޓްވޯކް ހުރި ހާލަތާއި ކުރިން ހުރި ހާލަތް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ އެވެ.
ނެޓްވޯކާއި ކޮންފިގަރޭޝަން ތައްޔާރުކުރުމާއި އެ ނެޓްވޯކަށް އަންނަ ބަދަލުތައް އެކަމެއް ހިނގާ ވަގުތުގައި ދެނެގަނެވޭނެ އެވެ. ދިރާގު ސިއެމް މެދުވެރިކޮށް ނެޓްވޯކާއި ގުޅިފައި ހުރި އެއްވެސް ޑިވައިސެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވެސް މޮނިޓާ ކުރެވޭނެ އެވެ. އޮޑިޓް ތަކަށް ބޭނުންވާ ކޮމްޕްލައިންސް ރިޕޯޓްތަށް ވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ތައްޔާރު ކުރެވޭނެ އެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މިހާލަތުގައި އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޕްރިޕެއިޑް: 100 ޖީބީ 125ރ. އަށް!
ދިރާގު ޓީވީ އާއި ހައިސްޕީޑް އިންޓަނެޓް ވޭވަށަށް
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު ހައިސްޕީޑް އިންޓަނެޓް ރިނބުދުއަށް
ދިރާގު ފައިބަ އިންޓަނެޓް ހިދުމަތް ނ.މަނަދުއަށް
ދިރާގުގެ މެސެޖް:އިންޓަނެޓް ބޭނުންކުރާ އިރު ރައްކާތެރިވޭ
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ