މިލާން (މާޗް 1) - އިޓާލިއަން ލީގުގައި ރޭ ޖެނޯއާ 3-0 އިން ބަލިކޮށް އެއް ވަނައިގައި އިންޓަ މިލާނުން ލީޑުދެމެހެއްޓިއިރު، ދެ ވަަނައިގައި އޮތް އޭސީ މިލާނުން ރަށުންބޭރުގައި ރޯމާ އަތުން 2-1 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
މިލާން (މާޗް 1) - އިޓާލިއަން ލީގުގައި ރޭ ޖެނޯއާ 3-0 އިން ބަލިކޮށް އެއް ވަނައިގައި އިންޓަ މިލާނުން ލީޑުދެމެހެއްޓިއިރު، ދެ ވަަނައިގައި އޮތް އޭސީ މިލާނުން ރަށުންބޭރުގައި ރޯމާ އަތުން 2-1 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
އިންޓަ އެއް ވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓާ އެކު އެވެ. ހަަމަ އެ އަދަދަށް މެޗު ކުޅެެގެން މިލާން ދެ ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އެ ޓީމަށް 23 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. ރޭ ރޯމާ ބަލިވުމުގެ ފައިދާނަގައި އެޓަލަންޓާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.
ސަމްޑޯރިއާ އަތުން 2-0 އިން ހޯދި މޮޅާ އެކު އެޓަލަންޓާ ހަތަރަކަށް އެރީ 24 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ރޯމާ އަށް 24 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.
އިންޓަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 32 ސިކުންތު ތެރޭގައި އެ ޓީމަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ މި ފަހަރު ލީގުގައި މިނިޓެއް ނުވަނިސް ލުކާކޫ ލަނޑު ޖެހި ދެ ވަނަ މެޗެވެ. އެންމެ ފަހުން އިޓާލިއަން ލީގުގައި ކުޅުންތެރިއަކު އެކަން ހާސިލްކުރީ މީގެ 20 އަހަރު ކުރިންނެވެ.
މެޗުގެ ދެ ވަނަ ހާފްގައި އިންޓަގެ އަނެއް ދެ ގޯލު ޖެހީ މަޓެއޯ ޑާމިއަން އާއި އަލެކްސިސް ސަންޗޭޒް އެވެ.
އިންޓަ އިން 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދަން މަސައްކަތްކުރަމުން އަންނައިރު، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ބާކީ އޮތް 14 މެޗަކީ އޭނާގެ ނަޒަރުގައި މުޅިން ފައިނަލް ކަމަށެވެ.
ރޯމާ ދަނޑުގައި މިލާނަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕެނަލްޓީ އަކުން ފްރޭންކް ކެސީ އެވެ. މިއީ ރޯމާގެ ފެޑެރީކޯ ފާޒިއޯ އޭރިއާތެެރެއިން މިލާންގެ ޑޭވިޑޭ ކަލާބްރިއާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޖޯޑަން ވެރެޓޫޓް ވަނީ ރޯމާ އަށް އެއްވަރުކޮށްދީފަ އެވެ. މިލާން މެޗުން މޮޅުކޮށްދިން ގޯލު މެޗުގެ 58 ވަނަ މިނިޓްގައި ޖެހީ އަންޓޭ ރެބިޗް އެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
އޮރިގީގެ ފުރަތަމަ ލަނޑާއެކު މިލާނުން މޮންޒާ ބަލިކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލެއާއޯގެ ދެ ލަނޑާއެކު މިލާނުން އިންޓަ ބަލި ކޮށްފި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
މިލާން ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް