Roadha Mihaaru
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި

މި ސަރުކާރުގެ ފުރަތަމަ ވަޒީރު އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ދުރުކޮށްފި

01 މާޗް 2021

ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.

މަޖިލީހުގައި ނެގި ވޯޓުގައި އޭނާގެ އިތުބާރު ނެތްކަމަށް ފެންނަ ކަަމަށް ވޯޓު ދެއްވީ މިއަދުގެ ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ، މަލީހު ވެސް ނިސްބަތްވެވަޑައިގަންނަވާ ޖޭޕީގެ ކައުންސިލް މެމްބަރު ތިމަރަފުށީ ދާއިރާގެ އަބްދުﷲ ރިޔާޒެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މިދިޔަ މަހު 11 ގައި މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ އަހަރު ފާސްކުރުމަށް ފަހު އެކަން ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އާޒިމް އެވެ.