އެމްޓީސީސީގެ އެކި ޕްރޮޖެކްޓް ސައިޓުތަކުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.
03 މާޗް 2021
އެމްޓީސީސީގެ އެކި ޕްރޮޖެކްޓް ސައިޓުތަކުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިން ބުނިގޮތުގައި އެތަނުގެ މަޝްރޫއުތައް ހިންގާ ސައިޓުތަކުގައި މަސައްކަތް ކުރާނެ 250 ދިވެހިން، ވަރަށް އަވަހަށް ބޭނުންވެ އެވެ. އެ ވަޒީފާތަކުގެ އެންމެ ދަށް މުސާރައަކީ 10،000ރ. އެވެ. އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25،000ރ. އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީގެ މަޝްރޫތައް ހިންގާއިރު، އެތަންތަނުގައި މަސައްކަތް ކުރުމަށް ކުންފުނިން ބޭނުން ވަނީ ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންގެ އިތުރުން މެކޭނިކުންނާއި އިންޖިނިއަރުންނެވެ. ޝައުގުވެރިވާ މީހުންނަށް، ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންގެ އިންޓަވިއު، މާދަމާއިން ފެށިގެން މި މަހުގެ 11އިގެ ނިޔަލަށް އޮންނާނެ އެވެ. އެމްޓީސީީސީން ބުނީ، ޝައުގުވެރިވާ މީހުން، މާލެ އާއި ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލަށް ދިޔުމުން އިންޓަވިއުގައި ބައިވެރިވެވޭނެ ކަމަށެވެ. އިންޓަވިއުތައް ކުރިއަށް ގެންދާނީ މެންދުރު ފަހު 2 އިން ހަވީރު 5 އަށެވެ.
ރަށްރަށުގައި ތިބި ޝައުގުވެރިވާ މީހުންނަށް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް 50 މަޝްރޫއު އެބަ ކުރިއަށް ގެންދެ އެވެ. އަދި އިތުރު 21 މަޝްރޫއު ފަށަން އެބައޮތެވެ. ނަމަވެސް، ވަޒީފާތަަކަށް ދިވެހިން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ކަން އެމްޓީސީސީން ފާހަގަ ކުރި އެވެ.
އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޒަންގެ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީން ވިދާޅުވީ ގިނަ ވަޒީފާތަކެއް ދިވެހިންނަށް ހާއްސަ ކުރި ނަމަވެސް، އެކަންކަމަށް ދިވެހިން ކުރިމަތި ނުލާ ކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ ފަދަ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިންގެ ޝައުގުވެރިކަން ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތްތަކަށް ދިވެހިން ހޯދުން. އެކަމަކު މިހާރު އެކަން ކުރަން ވަރަށް އުނދަގޫ،" ފާތިމަތު ޖަބީން ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ އެތަނުގައި 2،000އަށް ވުރެ ގިނަ މުވައްޒަފުން އުޅޭއިރު އޭގެ ތެރޭގައި ނިސްބަތުން ބިދޭސީން ގިނަ ކަމަށާއި އެކަމަކު މިހާރު މަސައްކަތް ކުރަނީ އެ ވަޒީފާތަކަށް ދިވެހިން ހަމަޖެއްސުމަށް ކަމަށެވެ.
އެމްޓީސީސީން 200 އަށް ވުރެ ގިނަ ވަޒީފާ
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފައްދަނީ
ހަވާލުވިއިރު 64 މަޝްރޫއެއް އޮތީ ހުއްޓިފައި:މިނިސްޓަރު
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
އެމްޓީސީސީއަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު