ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ކަށަވަރުވި މީހުންނަށް ވެސް އެތަނުގައި ދިރިނޫޅެ އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
04 މާޗް 2021
ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ކަށަވަރުވި މީހުންނަށް ވެސް އެތަނުގައި ދިރިނޫޅެ އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މުއައްސަސާތައް ހާޒިރުކޮށް މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ހިޔާ ފްލެޓް ލިބުނު މީހުން ވެސް އެތަންތަން ކުއްޔަށް ދޫކުރުމެވެ.
އެ މަޝްރޫއުގައި 12 ކެޓަގަރީއަކަށް ފްލެޓް ދޫކުރިއިރު އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ފަދަ މީހުން ހިމެނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ތޮއްޖެހިގެން އެތައް ބަޔަކު ދިރިއުޅެން ޖެހުމުން ނުކުމެދާނެ މައްސަލަތަކަށް ބަލައި، އެކަށީގެންވާ އާމްދަނީއެއް ލިބޭ މީހުން އެތަނުގައި ދިރިނޫޅުމުގެ ފުރުސަތު އެބައޮތެވެ.
މިފަދަ ހާލަތްތަކުގައި، އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ މަޝްރޫއުތަކުން ފްލެޓްތައް ލިބޭ މީހުން އެތަން ކުއްޔަށް ދޫކުރުމަކީ މިހާރު ވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އެކަމަކު އެއީ، އެނާ ވިދާޅުވި ގޮތުގައި މަނާ ކަމެކެވެ.
"ދިރިއުޅެން ހޯދާ ތަނެއްގައި ދިރިނޫޅެ ކުއްޔަށް ދިނުމަކީ މަނާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ
އެކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަން އެއްބަސްވުންތަކުގައި އޮންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކަންކަމަކީ ތަންފީޒުނުކުރޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވި ގޮތުގައި ދިރިއުޅެން ހޯދާ ފްލެޓް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް އެޗްޑީސީއަށް ލިބެ އެވެ. އެކަމަކު އެކަން ހުއްޓުވަން އޮންނަ ހުރަހަކީ، އެޗްޑީސީން ގޮސް ބަލާއިރު އެއްބަސް ނުވުމާއި ޝަކުވާ ކުރާ ފަރާތުން އެކަށީގެންވާ ހެކި ހުށަނޭޅުމެވެ.
ހިޔާ ފްލެޓްތައް ވެސް ދޫކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، އެތަންތަނުގައި ދިރިނޫޅެ ކުއްޔަށް ދޫނުކުރެވޭ ގޮތަށެވެ. އެ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ނިންމާފައިވާއިރު ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ލަފާކުރަނީ ތިން މަސް ފަހުންނެވެ. އެއީ ފިނިޝިންގެ މަސައްކަތްތައް ނިންމަން ޖެހެނީ ފްލެޓް ލިބޭ ފަރާތަކުން ކަަމަށްވާތީ އެވެ.
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓަށް އެޗްޑީސީން ކަނޑައެޅީ ބޮޑު އަގެއް: މުއިއްޒު
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
600 އަކަފޫޓު ހަމަނުވަންޏާ ބިންކޮޅު ދޫކޮށްލާކަށްނުޖެހޭ
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި
ފްލެޓް ލިބޭ މީހުން މި އަހަރު އެނގޭނެ: މުއިއްޒު