ކޮލަމްބޯ (މާޗް 5) - ކޮވިޑްގައި މަރުވި މީހަކު ފުރަތަމަ ފަހަރަށް ލަންކާގައި މިއަދު ވަޅުލައިފި އެވެ.
05 މާޗް 2021
ކޮލަމްބޯ (މާޗް 5) - ކޮވިޑްގައި މަރުވި މީހަކު ފުރަތަމަ ފަހަރަށް ލަންކާގައި މިއަދު ވަޅުލައިފި އެވެ.
ކޮވިޑްގައި މަރުވާ މީހުން އެންދުން ހުއްޓާލުމަށް ފަހު، ލަންކާގައި މިއަދު ފުރަތަމަ ފަހަރަށް ވަޅުލާފައި ވަނީ ކޮވިޑްގައި މަރުވި ދެ މުސްލިމުންނެވެ.
ކޮމިއުނިޓީ ލީޑަރު އަލީ ޒާހިރު މައުލާނާ ވިދާޅުވީ ކޮވިޑްގައި މަރުވި 55 އަހަރުގެ މުސްލިމް ފިރިހެނަކާއި 66 އަހަރުގެ މުސްލިމް އަންހެނަކު ކޮލަމްބޯގެ އިރުން 187 މޭލު ދުރުގައި އޮންނަ ބަޓިކަލޯގެ އޮއްޑަމަވަޑީގައި ވަޅުލާފައިވާ ކަމަށެވެ.
"މަރުވާ މުސްލިމުން ވަޅުލުމުގެ ހައްގު އެންމެ ފަހުން އަހަރެމެންނަށް ލިބިއްޖެ،" މައުލާނާ ބުންޏެވެ.
ކޮވިޑްގައި މަރުވާ މީހުން ވަޅުލުން ލަންކާ ސަރުކާރުން މަނާކުރީ މިދިޔަ އެޕްރީލް މަހު އެވެ. ސަބަބެއް ކަމަށް ބުނަނީ ފެންގަނޑަށް ވައިރަހުގެ އަސަރުކޮށްފާނެތީ އެވެ. އެކަމަކު ސައެންސްވެރިން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން ވަޅުލި ނަމަވެސް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށެވެ.
ކޮވިޑްގައި މަރުވާ މީހުން، ޚާއްސަކޮށް މުސްލިމުން އަންދަން ފެށުމުން ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ ލަންކާ ސަރުކާރަށް އެންމެ ފަހުން މަޖުބޫރުވީ ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ހުއްދަ ދިނުމަށެވެ. އެ ކަމަށް ފުރަތަމަ ހަމަޖެއްސީ ގަލްފް އޮފް މަންނާރުގައި ވަކިން އޮންނަ އިރަނައިތިވޫ ކިޔާ ރަށެކެވެ. އެ ރަށުގެ މީހުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ވަނީ އެހެން ބައެއް ސަރަހައްދުތައް ވެސް މީހުން ވަޅުލަން ހަމަޖައްސައިފަ އެވެ.
ލަންކާގެ އާބާދީގެ 21 މިލިއަން މީހުންގެ ތެރޭން 10 ޕަސެންޓަކީ މުސްލިމުންނެވެ. ކޮވިޑްގައި އެ ގައުމުން މަރުވި 489 މީހުންގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ.
ލަންކާ އިން ވަނީ 84،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ލަންކާގެ މުސްލިމުންނާ ދެކޮޅު ހާމުދުރު އަނެއްކާ ޖަލަށް
ސްރީ ލަންކާގެ މުސްލިމް އިސް ލީޑަރަކު ހައްޔަރުކޮށްފި
ވަޅުލައިދޭން ބޭނުންވާ ވަރުން ދުވާ ނުބައި ވަސް!
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު ފާޑުކިޔައިފި
ލަންކާގައި މަރުވާ މީހުން އެންދުން މަޖްބޫރުކޮށްފި
ވޯޓުލާން ދިޔަ މުސްލިމުންތަކެއް ތިބި ބަހަކަށް ހަމަލާދީފި
ލަންކާގެ މުސްލިމުންނަށް ބިރު އެބައޮތް: ޝަހީދު
އިސްތިއުފާ ދިން ލަންކާގެ މުސްލިމް ވަޒީރުން އަލުން މަގާމުތަކަށް
މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ކޮންޓްރޯލްކޮށްފި
ލަންކާ ބުޑިސްޓަކު އައްޑޫގައި އިސްލާމްވެއްޖެ