Roadha Mihaaru
ސްރީ ލަންކާގެ މުސްލިމް އިސް ލީޑަރަކު ހައްޔަރުކޮށްފި

ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ލަންކާގެ މުސްލިމް އިސް ލީޑަރަކު ހައްޔަރުކޮށްފި

17 މާޗް 2021

ކޮލަމްބޯ (މާޗް 17) - ހަރުކަށި ފިކުރަށް ހިތްވަރު ދޭ ކަމަށް ބުނެ، ސްރީ ލަންކާގެ މުސްލިމުންގެ އިސް ސިޔާސީ ލީޑަރަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 17) - ހަރުކަށި ފިކުރަށް ހިތްވަރު ދޭ ކަމަށް ބުނެ، ސްރީ ލަންކާގެ މުސްލިމުންގެ އިސް ސިޔާސީ ލީޑަރަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

އާޒާތު ސަލޭ، 57، ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އީސްޓަ ސަންޑޭގައި ކޮލަމްބޯގެ އެކި ތަންތަނަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާ ގުޅިގެން ކަމަށް ފުލުހުންގެ ތަރުޖަމާން އަޖީތު ރޯހާނާ ވިދާޅުވި އެވެ.

"އޭނާ ހައްޔަރު ކުރީ ޕީޓީއޭ (ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓް ނުވަތަ ޓެެރަރިޒަމް ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން،" އެޕްރީލް 21، 2019 ގައި ދިން ހަމަލާއަށް އިޝާރާތް ކުރައްވައި ރޯހާނާ ވިދާޅުވި އެވެ.

ކޮލަމްބޯގެ ލަގްޒަރީ ހޮޓާތަކާއި ފައްޅިތަކަށް ދިން ހަމަލާގައި 279 މީހުން މަރުވި އެވެ.

ވެސްޓަން ޕްރޮވިންސްގެ ކުރީގެ ގަވަރުނަރު ސަލޭ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އޭނާ ތަބާވާނީ ލަންކާ ސަރުކާރުން ހަދާ ގާނޫނުތަކަށް ނޫން ކަމަށާއި އިސްލާމީ ޝަރީއާ އަށް ކަމަށެވެ.

ސަލޭ ހައްޔަރު ކުރުމުގެ އެއް ދުވަސްކުރިން ވަނީ ޕީޓީއޭގެ ދަށުން މީހުން ހައްޔަރު ކުރުމަށް ބޮޑެތި ބާރުތަކެއް ސަލާމަތީ ފަރާތްތަކަށް ދީފަ އެވެ. ލަންކާ ސަރުކާރުން ހޮނިހިރު ދުވަހު ވަނީ މޫނު ބުރުގާ އަޅައިގެން އާއްމު ތަންތަނުގައި އުޅުން މަނާކުރާނެކަން ވެސް އިއުލާން ކޮށްފަ އެވެ.

ލަންކާގެ ކުރީގެ ސަރުކާރުން ވަނީ ޕީޓީއޭ އަކީ ފަރުދުންގެ ޒާތީ މިނިވަންކަން ގެއްލުވާލާ ގާނޫނެއް ކަމަށް ބުނެ ޕީޓީއޭ އުވާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ.