ވޮޝިންޓަން (މާޗް 8) - ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު މެކެންޒީ ސްކޮޓް އޭނާގެ ދަރިން ކިޔަމުން އަންނަ ސްކޫލުގެ ސައެންސް ޓީޗަރާ ކައިވެނިކޮށްފި އެވެ.
08 މާޗް 2021
ވޮޝިންޓަން (މާޗް 8) - ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު މެކެންޒީ ސްކޮޓް އޭނާގެ ދަރިން ކިޔަމުން އަންނަ ސްކޫލުގެ ސައެންސް ޓީޗަރާ ކައިވެނިކޮށްފި އެވެ.
މެކެންޒީ ކައިވެނިކޮށްފައި މި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމޭޒަންގެ ބާނީ ޖެފް ބެޒޯސްގެ ކައިރިން ވަރިވިތާ ދެ އަހަރު ފަހުންނެވެ. ސްކޫލް ޓީޗަރު ޑޭން ޖެވެޓާއި މެކެންޒީގެ ކައިވެނި އިއުލާންކޮށްފައި ވަނީ "ގިވިން ޕްލެޗް" ވެބްސައިޓް މެދުވެރިކޮށެވެ.
ފޯބްސް މަޖައްލާއިން ބުނި ގޮތުގައި މެކެންޒީގެ މިލްކިއްޔާތުގެ އަގު 53 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭން ހަތަރު ބިލިއަން ޑޮލަރު އޭނާ ވަނީ ޚައިރާތުގެ ގޮތުގައި ހޭދަކުރަން ނިންމައިފަ އެވެ. މެކެންޒީގެ އެހީ ބޮޑަށް ބިނާކޮށްފައި ވަނީ އަންހެނުން ހިންގާ މަސައްކަތްތަކަށެވެ.
މެކެންޒީ ސްކޮޓް ކައިވެނިކޮށްފައި ވަނީ އޭނާގެ ދަރިން ކިޔަވަމުން އަންނަ ސްކޫލުގެ ސައެންސް ޓީޗަރާ. --ފޮޓޯ:ގިވިން ޕްލެޗް
އުމުރުން 50 އަހަރުގެ މެކެންޒީ އާއި ބެޒޯސް ވަރިވެފައި ވަނީ 25 އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު އެވެ. އެމެޒަންގެ ވިޔަފާރި ބެޒޯސް 1994 ވަނަ އަހަރު ފެށުމުގައި ވެސް މެކެންޒީ ވަނީ އެހީތެރިވެދީފަ އެވެ. ވަރީގެ އެއްބަސްވުމުގެ ދަށުން އެމެޒަންގެ ހިއްސާގެ ހަތަރު ޕަސެންޓް މެކެންޒީ އަށް ލިބުނެވެ.
ބެޒޯސް އާއި މެކެންޒީ 2019 ވަނަ އަހަރު ވަރިކުރި އިރު ބެޒޯސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ. މެކެންޒީ އަކީ މިހާރު ދުނިޔޭގެ 22 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. ބެޒޯސްގެ މިލްކިއްުޔާތު މިހާރު 177 ބިލިއަން ޑޮލަރަށް އަރަ އެވެ.
މަހުޖަނު ގޭޓްސްގެ ދޮށީ ދަރިފުޅު ކައިވެނިކޮށްފި
ދެ މަހުޖަނުންގެ ދަރިންގެ ކައިވެނި ބޮޑު އީދަކަށް
ކައިވެނީގެ އަގުދުގައި އިތުރު ޝަރުތުތައް ހިމެނުން
ކައިވެނީގެ އަގުދު ސައްހަކުރަން މަސައްކަތް ކުރުން
ކައިވެނި ކާމިޔާބު ކުރުމުގެ އިސްލާމީ މިންގަނޑުތައް
24-12-24، ރީތި ތާރީހުގައި 52 ކައިވެނި!
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
ކައިވެނީގެ އެންގޭޖުމަންޓުގެ މުހިންމުކަން
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ދައުވާކުރުމުން 55 ބިލިއަން ޑޮލަރު ގެއްލިއްޖެ: އަދާނީ