Roadha Mihaaru
މަހުޖަނު ގޭޓްސްގެ ދޮށީ ދަރިފުޅު ކައިވެނިކޮށްފި

މަހުޖަނު ގޭޓްސްގެ ދޮށީ ދަރިފުޅު ކައިވެނިކޮށްފި

18 އޮކްޓޯބަރ 2021

މިދިޔަ އަހަރުގެ ކުރީކޮޅު އެންގޭޖްމަންޓް އިއުލާންކުރި އެމެރިކާގެ މަހުޖަނު ބިލް ގޭޓްސްގެ ދޮށި އަންހެން ދަރިފުޅު ޖެނިފާ ޖޭޓްސް އާއި ލޯބިވެރިޔާ ނަޔެލް ނައްސާރު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ކުރީކޮޅު އެންގޭޖްމަންޓް އިއުލާންކުރި އެމެރިކާގެ މަހުޖަނު ބިލް ގޭޓްސްގެ ދޮށި އަންހެން ދަރިފުޅު ޖެނިފާ ޖޭޓްސް އާއި ލޯބިވެރިޔާ ނަޔެލް ނައްސާރު ކައިވެނިކޮށްފި އެވެ.

ޕީޕަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނިފާ، 25، އާއި ނައްސާރު، 30، ކައިވެނީގެ ހަފުލާ އޮތީ ނިއު ޔޯކްގެ ވެސްޓްޗެސްޓާ ކައުންޓީގަ އެވެ. ކައިވެނީގެ ހަފުލާގެ އެއްވެސް ފޮޓޯއެއް މިހާތަނަށް ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކެއްގައި ޖެނިފާ ކައިވެނީގައި ހަފުލާގައި ލައިގެން އިނީ ކްރީމް ކުލައިގެ ގައުންއެކެވެ. އަދި ނައްސާރު ހުރީ ކަޅާއި ހުދުގެ ޓަކްސެޑޯއެއްގަ އެވެ.

ކައިވެނީގެ ތައްޔާރީތަކުގައި އެންމެ ބޮޑަށް އުޅުނު އެކަކީ ޖެނިފާގެ މަންމަ މެލިންޑާ އެވެ. އޭނާ އާއި ދޮށީ އަންގެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަރަށް ބަދަހި އެވެ. ދަރިފުޅުގެ ކައިވެންޏާ ގުޅިގެން ގޭޓްސް ވެސް މަރުހަބާ ކިޔާފައި އެވެ.

އެ އާއިލާއާ ގާތް ބަޔަކާ ހަވާލާދީ ޕީޕަލް އިން ބުނީ ހޮނިހިރު ދުވަހު ކައިވެނީގެ ހަފުލާ ބޭއްވުމުގެ އެއް ދުވަސް ކުރިން ހުކުރު ދުވަހު ނައްސާރުގެ އާއިލާގެ ފަރާތުން އިސްލާމީ އާދަކާދަތަކާ އެއްގޮތަށް ކައިވެންޏާ ގުޅޭ ހާއްސަ ކަމެއް ވެސް ބޭއްވި ކަމަށެވެ. މިސްރަށް ނިސްބަތްވާ ނައްސާރަކީ އެމެރިކާގެ ޝިކާގޯ އަށް އުފަން ޒުވާނެކެވެ.

ގޭޓްސް އާއި މެލިންޑާގެ ދޮށީ ދަރިފުޅު ކައިވެނިކުރި އިރު، އެ މީހުންގެ 27 އަހަރުވީ ކައިވެނި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ރޫޅާލައިފަ އެވެ. ޖެނިފާގެ އިތުރުން ގޭޓްސް އާއި މެލިންޑާގެ ތިބެނީ ރޯރީ ޖޯންސް ގޭޓްސް، 21، އާއި ފޮއޭބީ އެޑެލް ގޭޓްސް، 18، އެވެ.