ސަރުކާރުން ރާވާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓްތައް އަަޅާނެ ބިން ހުޅުމާލޭގައި މިހާރު ނެތް ކަމަށާއި އެކަމަށް ބިން ލިބޭނީ ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާ ތަންތަން ނަގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
10 މާޗް 2021
ސަރުކާރުން ރާވާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓްތައް އަަޅާނެ ބިން ހުޅުމާލޭގައި މިހާރު ނެތް ކަމަށާއި އެކަމަށް ބިން ލިބޭނީ ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާ ތަންތަން ނަގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބު ދެއްވުމުން އޭނާއާ މުހާތަބު ކުރައްްވައި ނަޝީދު ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ދެެއްކެވި އެއް ވާހަަކައަކީ ހުޅުމާލޭގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ހިންގަން ޖެހޭ މަޝްރޫއުތައް ނުހިންގާ ހުރި ބިންތަކުގެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ ހުުޅުމާލޭގެ ޗާޓުން އެފަދަ ބިންތައް ހައުސިން މިނިސްޓަރަށް ދައްކަވާނެ ކަމަށާއި އެ ތަންތަން ދޫކުރި އެއްބަސްވުންތަކުގެ ކޮޕީތައް ވެސް މަޖުލީހުގައި އެބަހުރި ކަމަށެވެ.
"އެހެންވީމާ އެ ކޮންޓްރެކްޓާ ހިލާފުވެފައި ހުރި މިންވަރު އިރާދަކުރެއްވިއްޔާ ސާފުކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން ހުރި އެއްބަސްވުންތައް ބާތިލުކުރަން އުޅެފި ނަމަ ބަދަލު ހޯދަން ބައެއް ފަރާތްތަކުން އުޅެފާނެ ކަމަށާއި އެގޮތަށް ބަަދަލު ދޭން ޖެހިއްޖެ ނަމަ ބަދަލުގެ ގޮތުގައި ދެވޭނެ ފައިސާގެ އެންމެ މަތީ އަދަދު ގާނޫނަކުން ކަނޑައެޅިދާނެ ކަމަށެވެ. މަޖިލީހުގެ އަމާޒަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއުތައް ހިންގޭނެ މަގު މިނިސްޓަރަށް ފަހިކޮށްދިނުމަށް ޓަކައި އެހެން ހުރި ބިންތައް ހުސްކުރުމެވެ.
ނަޝީދު ވިދާޅުވިގޮތުގައި ހުޅުމާލޭގައި ބޯހިޔާވަހިކަަމުގެ 41 މަޝްރޫއެއް ހުއްޓިފައި އެބައޮތެވެ. އެމަނިކުފާނު އެ ވިދާޅުވީ ބެލެވޭ ގޮތުގައި ކޮމާޝަލް ރޭޓުން އެޕާޓްމަންޓް ހިންގާ ގޮތަށް އިމާރާތްކުރަން އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ވާހަކަ އެވެ. އެޗްޑީސީން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގި އެފަދަ ބައެއް މަޝްރޫއުތައް ކާމިޔާބު ކަމާ އެކު ނިމި، އެތަންތަނުގެ އެޕާޓްމަންޓްތައް ވިއްކި އިރު އަނެއްބައި ތަންތަން ނުހިނގައި ހުއްޓިފައި އެެބަހުއްޓެވެ.
ގިނަ ބައެއްގެ އަތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ސީލައިފް އިން ނުހިންގި މަޝްރޫއަކީ ވެސް އޭގެ މަޝްރޫއެކެވެ. އެ ކުންފުންޏަށް ވެސް ބޮޑު ބިމެއް އޭރު ދޫކޮށްފައި އޮތެވެ.
"އެހެންވީމާ މި ނުހިނގާ ހުރި ކޮންޓްރެކްޓްތަކާ މި ނުހިނގާ ހުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންތަކާ ބާތިލުނުކުރައްވައި ބިމެއް ލިބިވަޑައިގަންނަވާނެ ކަމަަކަށް އަޅުގަނޑަކަށް ނުފެނޭ،" ހައުސިން މަޝްރޫއުތައް ހިންގަން ސަރުކާރުން ރާވާފައި ގޮތަށް ތައުރީފުކުރެެއްވުމަށް ފަހު ނަޝީދު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ޓަކައި ސަރުކާރުން ތިން ބާވަތެއްގެ ޕްރޮގްރާމްތައް ހިންގާނެ އެވެ. އެއީ އެންމެ ކުޑަކޮށް އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ކައުންސިލް ހައުސިން ބިނާކުރުމާ މެދުފަންތީގެ އާއިލާތަައް އެފޯޑަބުލް ހައުސިން ބިނާކޮށްްގެންނެވެ. ތިން ވަނަ ގޮތަކީ ފުދުންތެރި އާއިލާތަކުން ރިއަލް އެސްޓޭޓް މާކެޓްގެ އަގުތަކުގައި އެޕާޓްމަންޓް ވިއްކާ ގޮތަށް މަޝްރޫއުތައް ހިންގުމެވެ.
މި ތިން ބާވަތުގެ މަޝްރޫއުތައް ހިންގައިގެން ބޯހިޔާވަހިކަން ދޭން ޖެހެނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޖުމްލަ 17،000 އާއިލާއަކަށެވެ. އެއީ މާލޭގެ ރަށްވެހިންގެ ތެތެއިން 5،500 އާއިލާއަކާއި މާލެއަށް ހިޖުރަކޮށްފައިވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ
ވެށިފަހި ލިއުން ހުށަހަޅަން އަނެއްކާވެސް މުއްދަތެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ފުރަތަމަ ބުރުގައި ގޯތި ލިބެނީ 10،314 މީހުންނަށް
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟