Roadha Mihaaru
އޮޅުމަކުން ފޭސްބުކުން އެތައް ބަޔަކު "މަރާލައިފި"

އޮޅުމަކުން ފޭސްބުކުން އެތައް ބަޔަކު "މަރާލައިފި"

13 ނޮވެމްބަރ 2016

ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން އެތައް ހާސް ބައެއްގެ ޕްރޮފައިލްގައި، އެ މީހުން މަރުވެފައިވާ ކަމަށް ލޭބަލްކުރެވިއްޖެ އެވެ. ބަގެއްގެ ސަބަބުން ދިމާވި މި ލަދުވެތި މައްސަލައިން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވެސް ސަލާމަތެއް ނުވި އެވެ. އޭނާގެ ޕްރޮފައިލް ވެސް ހުކުރު ދުވަހު ލޭބަލްކޮށްފައި ވަނީ މަރުވެފައިވާ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން އެތައް ހާސް ބައެއްގެ ޕްރޮފައިލްގައި، އެ މީހުން މަރުވެފައިވާ ކަމަށް ލޭބަލްކުރެވިއްޖެ އެވެ. ބަގެއްގެ ސަބަބުން ދިމާވި މި ލަދުވެތި މައްސަލައިން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވެސް ސަލާމަތެއް ނުވި އެވެ. އޭނާގެ ޕްރޮފައިލް ވެސް ހުކުރު ދުވަހު ލޭބަލްކޮށްފައި ވަނީ މަރުވެފައިވާ ކަމަށެވެ.

މީހުން މަރުވުމުން، އެ މީހުންގެ ހަނދާން އާކުރުމަށް ޕްރޮފައިލްގެ މައްޗަށް އަރުވާ ބެނާ އެތައް ބައެއްގެ ޕްރޮފައިލް ޕޭޖުން ފެންނަ ގޮތް މެދުވެރިވީ ބަގެއްގެ ސަބަބުން ކަމަށް ފޭސްބުކުން ބުންޏެވެ.

މަރު ނުވާ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ލޭބަލްކުރުމާ އެކު އެ މީސްމީހުންގެ އެކުވެރިން ވަނީ، އެއީ ދުނިޔޭގައި ތިބި މީހުން ކަމަށް ބުނެ ކޮމެންޓްތައް ކޮށްފަ އެވެ.

"މިއީ ޖެހުނު ވަރަށް ބޮޑު މައްސަލައެއް. އެކަން މިހާރު ވާނީ ހައްލުކޮށްފައި،" ފޭސްބުކްގެ ތަރުޖަމާނަކު ވިދާޅުވެފައިވެ އެވެ. "މިކަން ދިމާވީތީ ވަރަށް ބޮޑަށް މައާފަށް އެދެން."

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް އަވަހާރަވެފައިވާ ކަމަށް ލޭބަލްކޮށްފައި

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް އަވަހާރަވެފައިވާ ކަމަށް ލޭބަލްކޮށްފައި

ނަމަވެސް އެއްބަޔަކަށް މިކަން ވީ ބޮޑު މަޖަލަކަށެވެ. މަރުވެފައިވާ ކަމަށް ފޭސްބުކުން ބުނި ބައެއް މީހުން އެ މީހުން އަދިވެސް ދުނިޔޭގައި ތިބިކަން "ޔަގީން" ކަމަށް ބުނެފައިވެ އެވެ. މަރު ނުވަނީސް މަރުވެއްޖެ ކަމަށް ފޭސްބުކުން ބުނަނީ ކީއްވެގެންތޯ ސުވާލު ވެސް ކޮށްފައިވެ އެވެ.

ފޭސްބުކް ބޭނުންކުރާ މީހަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕްރޮފައިލް ޕޭޖް، އެ މީހެއްގެ ހަނދާނީ ޕޭޖަކަށް ބަދަލުކޮށްލުމުގެ ބާރު ފޭސްބުކް ބޭނުންކުރާ އެހެން މީހުންނަށް އޮވެ އެވެ.