މޮސްކޯ (މާޗް 11) - ރަޝިޔާގެ ކޯރަކަށް ޑީސަލް ބޭރުގެ އެ ގައުމުގެ ތާރީޚުގައި ވެސް ހިނގާފައި ނުވާވަރުގެ ބޮޑު ތިމާވެށީގެ ކާރިސާއަކާ ގުޅިގެން ޖޫރިމަނާ ކުރި ކުންފުނި ދެ ބިލިއަން ޑޮލަރު ދައްކައިފި އެވެ.
11 މާޗް 2021
މޮސްކޯ (މާޗް 11) - ރަޝިޔާގެ ކޯރަކަށް ޑީސަލް ބޭރުގެ އެ ގައުމުގެ ތާރީޚުގައި ވެސް ހިނގާފައި ނުވާވަރުގެ ބޮޑު ތިމާވެށީގެ ކާރިސާއަކާ ގުޅިގެން ޖޫރިމަނާ ކުރި ކުންފުނި ދެ ބިލިއަން ޑޮލަރު ދައްކައިފި އެވެ.
ދުނިޔޭގައި ނިކެލް އުފައްދާ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ނޮރިލްސްކް ނިކެލް އިން ބުނެފައި ވަނީ ޖޫރިމަނާގެ އެ ބޮޑު އަދަދު ދެއްކީ ބުދަ ދުވަހު ކަމަށެވެ. މިއީ ތިމާވެއްޓަށް ގެއްލުން ދީގެން ރަޝިޔާގައި މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ.
މިދިޔަ އަހަރުގެ މައި މަހު ހިނގި ހާދިސާގައި އެ ކުންފުނީގެ ތެޔޮ ރައްކާކުރާ ޓޭންކްތަކުން ރަޝިޔާގެ އާކްޓިކް ނޯތުގައިވާ ކޯރުތަކަށް ވަނީ 21،000 ޓަނުގެ ޑީސަލް ބޭރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ރައީސް ލަޑިމިއާ ޕުޓިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އެ ސަރަހައްދުގައި އިއުލާން ކުރައްވައިފަ އެވެ.
ނޮރިލްސްކް ނިކެލް ނުވަތަ ނޯނިކެލް އިން އެ ޖޫރިމަނާ ދައްކަން ރަޝިޔާގެ ކޯޓަކުން ހުކުމް ކުރީ ފެބްރުއަރީ މަހު އެވެ.
ތެޔޮ ބޭރުވީ ތާނގީތަކުގައި ދަބަރު ޖަހައިގެން ފޫގޮސްގެން ކަމަށް ބެލެވޭ. --ފޮޓޯ:ގެޓީ އިމޭޖަސް
މިދިޔަ އަހަރުގެ މެއި މަހު 29 ވަނަ ދުވަހު ތެޔޮ ބޭރުވާން ފެށީ ނޮރިލްސްކް ނިކެލް އިން ސައިބީރިއާގައި ހިންގާ ޕަވަ ޕްލާންޓެއްގެ ތެޔޮ ޓޭންކްތަކަކުންނެވެ. ޑީސަލް ލީކުވާން ފެށީ ޓޭންކުގައި ދަބަރު ޖަހައިގެން ކަމަށް ބެލެވެ އެވެ. ޓޭންކްތަކުން ބޭރުވި ތެލުން 250 އަކަ ކިލޯމީޓަރު (135 އަކަ މޭލު) ގެ އޭރިއާއެއް ތަޣައްޔަރުވި އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި އެ ތެޔޮ ސާފު ކުރުމަށް 1.5 ބިލިއަން ޑޮލަރު ޚަރަދުވާނެ އެވެ. އަދި އެ މަސައްކަތަށް 5-10 އަހަރު ހޭދަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތޮށި ބޭރުން ވެސް ތެޔޮ، ބެލެވެނީ އޮޔާ ގެނައީ ކަމަށް
ސައިބީރިއާގެ "މޯލްޑިވްސް" ތަޣައްޔަރުވެއްޖެ
ދަނޑުން ކުނި ހޮވައި ސަޕޯޓަރުން ނަމޫނާ ދައްކައިފި
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
"ގަސްކަނޑާތީ ކައުންސިލަށް ޖިނާއީ ދައުވާ ކުރަންޖެހޭ"
އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޓްރަމްޕާއި ޒެލެންސްކީ މީޑިއާ ކުރިމަތީގައި ޒުވާބުކޮށްފި
ރަޝިޔާއާ ދެކޮޅެއް ނޫން، ބޭނުންވަނީ ހަމަޖެހުން: ނަޝީދު
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ