Roadha Mihaaru

ފޭދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި ހަތް މީހަކު ޒަހަމްވެއްޖެ

ސ. ފޭދޫގައި ދެ ގްރޫޕެއް ދެމެދުގައި މިއަދު ހިނގި މާރާމާރީގައި ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

ފޭދޫގެ ގުރޫޕު މާރާމާރީއެއްގައި 7 މީހަކު ޒަހަމްވެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 މާޗް 2021

ސ. ފޭދޫގައި ދެ ގްރޫޕެއް ދެމެދުގައި މިއަދު ހިނގި މާރާމާރީގައި ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭދޫގެ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއެއްގެ ރިޕޯޓު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ހަތް މީހަކަށް އަނިޔާވެ، އޭގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނައިރު އަނެއް ބަޔަކަށް ފަރުވާދެނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގަ އެވެ. "މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.