Roadha Mihaaru
ފޭދޫގެ މާރާމާރީ: 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ފޭދޫގެ މާރާމާރީގައި މީހަކު މަރާލި މައްސަލާގައި 15 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފި

06 ޖޫން 2022

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އުމުރުން 15 އަހަރުގެ ކުއްޖަކު މިރޭ ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އުމުރުން 15 އަހަރުގެ ކުއްޖަކު މިރޭ ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގެ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެ، ފަރުވާދެމުން ދަނިކޮށް މަރުވީ އުމުރުން 21 އަހަރުގެ މީހެކެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސްދީފައި ވަނިކޮށް މިރޭގެ އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ވަނީ ފޭދޫގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، އެ މާރާމާރީއާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފޭދޫގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ އަށް މިހާރު ފަރުވާދެމުން ދަނީ މާލެ ގެނެސްގެނެވެ. އޭނާގެ ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ.