ވިލާ އެއާ އާއި ވިލާ ކޮލެޖު ގުޅިގެން އދ. މާމިގިލީގައި ހުޅުވާ ފްލައިން ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
13 މާޗް 2021
ވިލާ އެއާ އާއި ވިލާ ކޮލެޖު ގުޅިގެން އދ. މާމިގިލީގައި ހުޅުވާ ފްލައިން ސްކޫލަށް ބޭނުންވާ އިންސްޓްރަކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވިލާ ކޮލެޖުން ކުރި އިއުލާނެއްގައި ވަނީ ފަސް ދާއިރާއަކުން އިންސްޓްރަކްޓަރުން ހޯދަން ބޭނުންވާ ކަމަށް އިއުލާން ކޮށްފަ އެވެ. ކޮންމެ ދާއިރާއަކަށް ވެސް ކުރިމަތި ލެވޭނީ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީ) އާއި އެމްސީސީއޭގެ އިންސްޓްރަކްޓާ ރޭޓިން އަދި މަލްޓި އެންޖިން ރޭޓިން ލިބިފައިވާ މީހުންނަށް އެކަންޏެވެ.
- ހެޑް އޮފް ޓްރެއިނިން
- ޗީފް ފްލައިޓް އިންސްޓްރަކްޓާ
- ޗީފް ތިއޮރޮޓިކަލް ނޮލެޖް އިންސްޓްރަކްޓާ
- ގްރައުންޑް އިންސްޓްރަކްޓާ
- ފްލައިޓް އިންސްޓްރަކްޓާ
މީގެ ތެރެއިން ގްރައުންޑް އަދި ފްލައިޓް އިންސްޓްރަކްޓާގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުން ނަގާނެ އެވެ. އެއީ ފްލައިން ސްކޫލުގައި ކިޔަވާ ކޮންމެ ހަ ކުއްޖަކަށް އިންސްޓްރަކްޓަރެއް ހުންނަން ޖެހޭތީ އެވެ.
މި މަގާމުތަކަށް ދިވެހިންގެ އިތުރުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. ނަމަވެސް ފުރަތަމަ ފުރުސަތު ދޭނީ ދިވެހިންނަށް ކަމަށް ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވި އެވެ.
ޑރ. ނަޖީބު ވިދާޅުވީ މި މަގާމުތަކަށް ހޮވާނީ ކަމަށް އެންމެ ގާބިލު މީހުން ކަމަށެވެ. އެގޮތުން މަސައްކަތުގެ ދާއިރާއިން ލިބިފައި ހުރި ތަޖުރިބާއަށް ބަލައި ކިޔަވައި ދިނުމުގައި ހުރި ގާބިލު ކަމަށްވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުން އަންނަނީ މި އަހަރު ތެެރޭގައި އޭވިއޭޝަން ދައިރާއިން ޑިގްރީ ކޯހެއް ތައާރަފު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މި ކޯސް މިއަހަރު ދެވަނަ ސެމިސްޓާގައި ފެށޭނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.
ވިލާ ފްލައިން ސްކޫލް ހުޅުވުމަށް ބޭނުންވާ ލައިސަންސް ހޯދަން މިހާރު ވަނީ ސިވިލް އޭވިއޭޝަނުގައި އެދިފަ އެވެ. މި ސްކޫލް ހަދައި އަންނަ މެއި މަހު ކިޔަވައިދޭން ފެށޭނެ ކަމަށް ވިލާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވަނީ ވިދާޅުވެފަ އެވެ.
މި ސްކޫލް ހުޅުވުމަށް ބޭނުންވާ ކްލާސްރޫމްތައް ހަދައި ދަރިވަރުން ދުއްވާނެ ބޯޓާއި ހެނގަރުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވިލާ އެއާގެ އާ ވެބްސައިޓް ލޯންޗުކޮށްފި
ވިލާ އެއާއިން މެއި މަހު ފްލައިން ސްކޫލެއް ހުޅުވަނީ
ފްލައިމީގެ އެތެރޭގެ ދަތުރުތައް އަލުން ފަށައިފި
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި
ފްލައިމީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ
ކޮވިޑް-19: ފްލައިމީގެ ދަތުރުތައް މެދުކަނޑާލައިފި
ބޭރުގެ ބޯޓެއް މަރާމާތުކުރާ ފުރަތަަމަ ކުންފުންޏަކަށް ވިލާ
ފްލައިމީ އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް
ކާޑެއްދޫ އެއާޕޯޓުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަނީ
އައްޑޫ-ފުވައްމުލަކަށް ފްލައިމީ ފަށާނީ މިމަހުގެ 15ގައި