14 މާޗް 2021
އިންޑިއާގެ މުމްބާއީ އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީ އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެއްޖެ އެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މި ދަތުރުތައް ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަރު އެއާޕޯޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ އެއާޕޯޓެކެވެ. މިއަހަރުގެ މިހާތަނަށް އެ އެއާޕޯޓަށް 211 ޕްރައިވެޓް ޖެޓް ވަނީ ޖައްސައިފަ އެވެ.
މިހާދު ވިދާޅުވީ މުމްބާއީ އާއި މާފަރާ ދެމެދު ދަތުރުތައް ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތަރު އަތޮޅުގެ ޓޫރިޒަމަށް ފައިދާ ވާނެ ކަމަށެވެ. އެއީ ނ. ރ. ބ. އަދި ޅ. އަތޮޅެވެ. އަދި މިކަމުގެ ފައިދާ ގެސްޓްހައުސްތަކުންނާއި ރިސޯޓުތަކުން ނެގުމަށް އޭނާ އެދިވަޑައިގަތެވެ.
"މި ދަތުރުތައް ފަށަން ކުރަންޖެހޭ ހުރިހާ ތައްޔާރީތައް އަޅުގަނޑުމެން އަންނަނީ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް އޭޖެންޓުންނާ ގުޅިގެން ކުރަމުން. މިހާތަނަށް ވަރަށް ރަނގަޅު ތަރުހީބެއް ވެސް ވަނީ ލިބިފައި،" މިހާދު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ (ޖެނީ) ވިދާޅުވީ މި ދަތުރުތައް ފެށުމުން ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި މުމްބާއީ އާއި މާފަރާ ދެމެދު ދަތުރުތައް ކުރަން ބޭނުންކުރަނީ ކުރިން ޗައިނާއަށް ދަތުރުކުރަން ބޭނުން ކުރި ބޯޓުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑާ ހެދި، ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން އެ ގައުމަށް ދަތުރު ކުރަން ބޭނުން ކުރި ބޯޓުތައް ބޭނުންތެރި ގޮތުގައި ބޭނުން ކުރުމަށް މި ދަތުރުތައް ފެށީ. މިއީ ހަމައެކަނި މި ހަތަރު އަތޮޅަށް ފައިދާ ވާނެތީއެއް ނޫން. އެކަމަކު މުޅި އިގްތިސާދަށް ވެސް މީގެ ރަނގަޅު އަސަރު ކުރާނެތީ،" ޖެނީ ވިދާޅުވި އެވެ.
މުމްބާއީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އެހެން ސިޓީތަކުން ވެސް މާފަރަށް ސީދާ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.
ކޮވިޑާ ހެދީ މާފަރު-މުމްބާއީ ދަތުރުތައް ފަސްކޮށްފި
ރާއްޖެ-އިންޑިއާގެ ވައިގެ ދަތުރުތައް އިތުރުކުރަނީ
މާފަރު އެެއާޕޯޓަށް ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
ކޮޗިން/ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ