Roadha Mihaaru
މާފަރު އެެއާޕޯޓަށް ދަތުރުތައް ފަށައިފި

މާފަރު އެެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި

01 ޑިސެމްބަރ 2019

ނ. މާފަރަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނ. މާފަރަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މާލެެ އިން ދިއުމަށް 40 މިނިޓް ނަގަ އެވެ.

މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށި ނަމަވެސް އެކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ.

މާލެ އިން މާފަރަށް ދިއުމުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. އެވެ.

މާފަރު އެއާޕޯޓް: މިއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި އެއާޕޯޓެއް.--ފޮޓޯ: މިހާރު

މާފަރު އެއާޕޯޓް: މިއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި އެއާޕޯޓެއް.--ފޮޓޯ: މިހާރު

މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ޓަފްއާ ހަވާލު ކޮށްގެން ޑިސެމްބަރު 24، 2017 ގަ އެވެ.

އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް ޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން އެއާޕޯޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފައިވެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު، ބައިނަލްއަގްވާމީ ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.