Roadha Mihaaru
ޓެކްސް އިސްލާހެއް ހިމެނޭ ގޮތުން ދެބިލެއް އެކުލަވާލައިފި

ޓެކްސް އިސްލާހެއް ހިމެނޭ ގޮތުން ދެ ބިލެއް އެކުލަވާލައިފި

15 މާޗް 2021

ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާ ބަދަލެއް ހިމެނޭ ގޮތުން ދެ ބިލެއް ތައްޔާރުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާ ބަދަލެއް ހިމެނޭ ގޮތުން ދެ ބިލެއް ތައްޔާރުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސް އޮފީހަށް މިއަދު ފޮނުވި ދެ ބިލްގެ ތެރެއިން އެއް ބިލަކީ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާ ބިލަކާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ކަމަށެވެ.

ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ޓެކްސް ނެގުމުގެ ގާނޫނުން އިސްތިސްނާވާ ބާވަތްތަކުގެ ލިސްޓަށް ބަދަލު ގެނައުން ހިމެނެ އެވެ. ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ މީހުން ބައެއް ޓެކްސްތަކުން އިސްތިސްނާކުރަން ވެސް އެ ބިލުގައި ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އިސްތިސްނާކުރަން ހުށަހަޅާފައި ވަނީ އޭޖީ އޮފީހުން ބުނިގޮތުގައި ތިން ޓެކްސްއަކުންނެވެ. އެއީ އިންޓަ ކަނެކްޝަން ޗާޖް އިއިންޝުއަރެންސް ޕްރިމިއަމް އިން ދައްކަން ޖެހޭ ޓެކްސްއާއި ބޭންކް ޗާޖުންނެވެ.

ވިިތުހޯލްޑިން ޓެކްސް އިސްލާހު ޓެކްސް އިސްލާހުކުރުން ވެސް އެ ބިލުގައި އެބަ އޮތެވެ.

އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވި އަނެއް ބިލަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލެވެ. އޭޖީ އޮފީހުން ބުނިގޮތުގައި އެ ބިލު ހުށަހެޅީ ރާއްޖޭހެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް ރަނގަޅު މިންގަނޑަށް ފެއްތުމަށް ޓަކައި ބޭނުންވާ ހުނަރު ތަޖުރިބާ ލިބިފައިވާ ފޮރިން ސާވިސް ކޭޑަރެއް ބިނާކުރުން ކަަމަށެވެ.

ފޮރިން ސާވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމްކޮށް އެ ޚިދުމަތް ރޭވިފައިވާ ގޮތާއި ޚިދުމަތް ދިނުން އިސްލާހުކޮށް އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ވެސް އެ ބިލުގެ މަގުސަދެކެވ.

ސަރުކާރުގެ ފަރާތުން ހުށަަޅަން އޭޖީ އޮފީހުން ދެ ބި،ލެއް ފޮނުވާފައި މިވަނީ މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ ކަމަށް ބުނި ބިލްތައް ނުލިބިގެން މަޖިލީހު ރައީސް މުހައްމަދު ނަޝީދު ޝަކުވާކުރައްވާފައި ވަނިކޮށެވެ. އެމަނިކުފާނު ކުރިން ވިދާޅުވީ ހަމަ އެކަނި ލިސްޓް ފޮނުވާފައި ބިލްްތައް ނުފޮނުވާތީ މަަޖިލީހުގެ މަަސައްކަތް ވަރަށް މަދުވެއްޖެ ކަމަށެެވެ.