Roadha Mihaaru
މުއިއްޒު ވަރުގެ ގާބިލް ބޭފުޅަކު ނެތް: އުމަރު ޒާހިރު

މުއިއްޒު ވަރުގެ ގާބިލް ބޭފުޅަކު ނެތް: އުމަރު ޒާހިރު

17 މާޗް 2021

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ނިންމަވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ނިންމަވައިފި އެވެ.

މުއިއްޒު، އެކަން އިއުލާން ކުރެއްވީ އޭނާ އަށް ތާއީދު ކުރައްވާކަން އުމަރު ޒާހިރުގެ އިޒުނައާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ.

"އަޅުގަނޑު އެ ބޭފުޅަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ އޮނަރަބަލް އުމަރު ޒާހިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ތާއީދު ކުރައްވަނީ އަޅުގަނޑަށްކަން އިއުލާން ކުރެއްވުން އެންމެ ރަނގަޅުކަމަށް އަޅުގަނޑު ގާތު ވިދާޅުވީތީ، އޮނަރަބަލް މިނިސްޓަރަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވަން،" ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ޓުވީޓު

މި ސަރުކާރު ހިންގާ ކޯލިޝަންގެ އިސް އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްރުއެމްގެ ވެސް މެމްބަރު އުމަރު ޒާހިރު، "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި މުއިއްޒު ވަރުގެ ގާބިލް ބޭފުޅަކު ނެތް ކަމަށެވެ.

"އޭނާގެ މަސައްކަތުން މާލެ އަށް ވަރަށް ގިނަ ކަންކަން ވެއްޖެ. ބްރިޖުން އެއާޕޯޓަށް ދާން އެ އޮންނަ މަގު [ހައިވޭ] ނުހެދުނު ނަމަ އެއީ ކިހާ ބޮޑު އުނދަގުލަކަށް ވާނެ ނޫންތޯ؟ އެކަމަކު، މުއިއްޒުގެ އަމިއްލަ ހިޔާލަށް އެކަން ކޮށް ނިންމާފައި އެ ވަނީ. އެއީ ކިހާ ބޮޑު ފަސޭހައަކަށް މިއަދު ވެފައި އެ އޮތީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުއިއްޒުގެ ވަޒީރުކަމުގައި ހިންގި މަޝްރޫއުތައް ވަރަށް ގާތުން ބައްލަވައި އުޅުއްވި ކަމީ ވަރަށް ބޮޑަށް ފާހަގަވި ކަމެއް ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދާއިރު ކައިރީގައި ހުންނަވާކަން އަޅުގަނޑަށް އަބަދުވެސް ފާހަވޭ. އަމަލީ ގޮތުން އުޅުއްވާ. އެއީ އަޅުގަނޑަށް ވަރަށް ކަމުދާ ސިފައެއް،" އުމަރު ޒާހިރު ވިދާޅުވި އެވެ.

"އޭނާގެ މަސައްކަތުން މާލެ އަށް ވަރަށް ގިނަ ކަންކަން ވެއްޖެ. ބްރިޖުން އެއާޕޯޓަށް ދާން އެ އޮންނަ މަގު [ހައިވޭ] ނުހެދުނު ނަމަ އެއީ ކިހާ ބޮޑު އުނދަގުލަކަށް ވާނެ ނޫންތޯ؟ އެކަމަކު، މުއިއްޒުގެ އަމިއްލަ ހިޔާލަށް އެކަން ކޮށް ނިންމާފައި އެ ވަނީ. އެއީ ކިހާ ބޮޑު ފަސޭހައަކަށް މިއަދު ވެފައި އެ އޮތީ،" އުމަރު ޒާހިރު

މުއިއްޒު "މިހާރު" އަށް ވިދާޅުވީ، އުމަރު ޒާހިރުގެ ތާއީދު ދެއްވުމުގެ މާނައަކީ މިދިޔަ ދުވަސްތަކުގައި އޭނާ ކުރެއްވީ އިޚުލާސްތެރި މަސައްކަތެއްކަން އުމަރު ޒާހިރު ގަބޫލު ކުރެއްވުން ކަމަށެވެ.

"އަދިވެސް މާލެ އަށް އެ ކަންކަން ކޮށްދެވޭނީ އަޅުގަނޑަށްކަން އުމަރު ޒާހިރުގެ ވާހަކަތަކުން އެނގެނީ. އެހެންވީމާ މާލޭގެ ރައްޔިތުން މިކަމާ ވިސްނެވުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، އޭނާ އަށް އުމަރު ޒާހިރު އަބަދުވެސް ހިތްވަރު ދެއްވަ އެވެ. ޚާއްސަކޮށް ބައެއް މަސައްކަތްތައް ހިނގަމުންދާ ވަގުތު އެ ތަނަކަށް ވަޑައިގެން އެކަން ބެއްލެވުމަށް ފަހު، ގުޅުއްވައި ހިތްވަރު ދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި އަމަލީ ގޮތުން ކަންކަން ގާތުން ބެއްލެވުމުގައި ފާހަގަކުރެއްވުނު ދައުލަތުގެ އިއްޒަތްތެރިއެކެވެ. ޚާއްސަކޮށް ހުޅުމާލެ ހިއްކައި އެ ތަން ތަަރައްގީ ކުރުމާއި ކުނި އަންދައިގެ ކުނި ނައްތައިލަން ތިލަފުށި ހެދުމާއި މާލޭގެ މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔައީ ސީދާ އުމަރު ޒާހިރުގެ މޭސްތިރިކަމުގެ ދަށުންނެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.