Roadha Mihaaru
ސައުދީ ފިރިހެނުން މީހުންނާ އިނުން މަނާ ހަތަރު ގައުމެއް

ހަތަރު ގައުމެއްގެ މީހުންނާ އިނުން ސައުދީ ފިރިހެނުންނަށް މަނާކޮށްފި

21 މާޗް 2021

ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން ސައުދީ އަރަބިއްޔާގެ ފިރިހެނުންނަށް މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން ސައުދީ އަރަބިއްޔާގެ ފިރިހެނުންނަށް މަނާކޮށްފި އެވެ.

އެ ގައުމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ސައުދީ ފިރިހެނުން އިނުން މަނާކުރީ ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައްކާ ފުލުހުންގެ ޑިރެކްޓަރު މޭޖަ ޖެނެރަލް އައްސަފް އަލް-ގްރޭޝީއާ ހަވާލާދީ މައްކާ ޑެއިލީން ބުނީ މިއީ ބިދޭސީންނާ ކައިވެނިކުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއް ކަމަށެވެ. އެގޮތުން ހަރުކަށި އުސޫލުތަކެއް އެކުލަވާލައި އެއަށް އަމަލުކުރަން ނިންމާފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައުދީ ފިރހެނުން ކައިވެނިކުރުން މަނާކުރި ހަތަރު ގައުމަށް ނިސްބަތްވާ 5،000،000 އަންހެނުން މިހާރު ވެސް އެ ގައުމުގައި ދިރިއުޅެ އެވެ.

ބިދޭސީ އަންހެނުންނާ ސައުދީ ފިރިހެނުން ކައިވެނިކުރުމުގެ އުސޫލުތައް ހަރުކަށިކުރަން ސައުދީން ފަށާފައި އިރު އެފަދަ ކައިވެންޏަކަށް ފުރަތަމަ އެޕްލައި ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައިވެނި ރޫޅުނުތާ ހަ މަސް ނުވާ ފިރިހެނުންނަށް ބިދޭސީ އަންހެނަކާ ކައިވެނިކުރަން ވެސް ހުށައެއްނޭޅޭނެ އެވެ.

ގްރޭޝީ ވިދާޅުވި ގޮތުގައި ބިދޭސީ އަންހެނަކާ ކައިވެނުކުރަން ބޭނުންވާ ނަމަ އެ މީހަކީ އުމުރުން 25 އަހަރުން މަތީގެ ފިރިހެނަކަށް ވާން ޖެހޭނެ އެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާ އިރު އެ މީހަކު ދިރިއުޅޭ ޑިސްޓްރިކްޓް މޭޔަރުގެ ސޮއި އޮންނަން ޖެހޭނެ އެވެ.

"އަދި ކައިވެންޏެއްކޮށްގެން ކުރި ސައުދީގެ ފިރިހެނަކު ބިދޭސީއަކާ ކައިވެކުރަން ހުށަހަޅާ ނަމަ އަންހެނުންގެ ސިއްހީ ހާލަތު އަންގައިދޭ ރިޕޯޓެއް ހޮސްޕިޓަލަކުން ހޯދައި ހުށަހަޅަން ޖެހޭނެ،" ގްރޭޝީ ވިދާޅުވި އެވެ. "އޭގައި އެނގެން އޮންނަންވާނެ އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރިތޯ އާއި އެއްވެސް ކަހަލަ ބޮޑު ބައްޔެއް ހުރި މީހެއްތޯ."