ޖިއްދާ (ޖޫން 20) - އިންޑިއާ ފިރިހެނަކު ފައި މަގުގައި ހައްޖަށް ދިއުމަށް، މާ ކުރިންސުރެ ދެކެމުން އައި ހުވަފެން، ފައި މަގުގައި 8640 ކިލޯމީޓަރު ކަޑައްތުކޮށް ހަގީގަތަކަށް ހެދުމަށް ފަހު މައްކާ އަށް ހިނގައްޖެ އެވެ.
ޖިއްދާ (ޖޫން 20) - އިންޑިއާ ފިރިހެނަކު ފައި މަގުގައި ހައްޖަށް ދިއުމަށް، މާ ކުރިންސުރެ ދެކެމުން އައި ހުވަފެން، ފައި މަގުގައި 8640 ކިލޯމީޓަރު ކަޑައްތުކޮށް ހަގީގަތަކަށް ހެދުމަށް ފަހު މައްކާ އަށް ހިނގައްޖެ އެވެ.
ޝިހާބުއްދީން ސައްޔިދު އަލަވީ އޭނާގެ އުފަން ސަހަރު ކެރެލާ އިން ހައްޖަށް ދިއުމަށް ހިނގާފައި ނުކުތީ، ޖޫން 2، 2022ގަ އެވެ. އިންޑިއާ އިން ނުކުމެ ޕާކިސްތާނުގެ ތެރެއިން އީރާނަށް ގޮސް، އެއަށް ފަހު އިރާގު ހުރަސްކޮށް ކުވައިތު މަގުން ސައޫދީ އަށް އެތެރެވެ، މި މަހުގެ 7 ވަނަ ދުވަހު މައްކާއާ ހަމައަށް ފޯރީ އެއް އަހަރާއި ފަސް ދުވަސް ފަހުންނެވެ.
"ކުވައިތުގެ ތެރެއިން ގޮސް ސައޫދީ އަރަބިއްޔާގެ ބޯޑަރާ ހަމައަށް ފޯރީ، މިދިޔަ ރޯދަ މަހު އެވެ.
"އެއީ ރޯދަ މަހުގެ ދުވަހެއްގެ ފަތިހު 5:17ގަ. އެތަނަށް ތިރިވެ ސައޫދީ ބިމުގައި އަހަރެން ބޮސްދިނިން،" އަރަބް ނިއުސް އަށް ދިން އިންޓަވިއުގައި ޝިހާބުއްދީން ބުންޏެވެ.
ސައޫދީ އަށް އެތެރެވުމަށް ފަހު ޝިހާބުއްދީން ފުރަތަމަ ދިޔައީ މަދީނާއަށެވެ.
މަދީނާ އަށް ގޮސް މަސްޖިދުއް ނަބަވީ އަށް ދެވުމުން، އަހަރެންގެ މަގްސަދު ހާސިލުވި ކަމުގެ އިހްސާސް އަހަންނަށް ކުރެވުނު. އަހަރެން ރައުޟާ އަށް ޒިޔާރަތް ކުރިން، އެހިސާބުން އަހަރެންނަށް ޔަޤީންވެއްޖެ މައްކާ އަށް ގޮސް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ކަން.
"މައްކާ އަށް ދެވުމާއެކު، އަހަރު ދުވަސް ވަންދެން އަހަރެން އުފުލި ބުރަތަކާއި ކުރިމަތިވި ގޮންޖެހުންތައް މުޅިން ހަނދާން ނެތުނު. ހަރަމްފުޅުގައި ހުރެ، އަހަރެންނަށް މި ކަމުގައި އެހީތެރިވެދިން އެންމެންނަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ދުއާ ކުރިން. މުޅި އިސްލާމީ އުންމަތަށްޓަކައި ދުއާ ކުރިން،" ޝިހާބުއްދީން ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިންޑިއާ އާއި ޕާކިސްތާނުގައި އޭނާއާ ބައްދަލުވި އެންމެން ވެސް ވަރަށް އެހީތެރިވެ އެކުގައި އުޅުނެވެ. ނަމަވެސް އީރާނާއި އިރާގުގައި އެކަކުގެ ފަރާތުން ވެސް އެފަދަ އެއްބާރުލުމެއް ނުލިބުނު ކަމަށާއި ނަމަވެސް ކުވައިތަށް އެތެރެވުމުން، އޭނާގެ ޚަބަރު ފެތުރިފައި އޮތުމުން އެތައް ބަޔަކު ގުޅައި، އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ހުށަހެޅި އެވެ.
އެ ދަތުރުގައި ހުރިހާ ގައުމެއްގެ ވެސް ސަރުކާރުގެ އިދާރާތަކުންނާއި ސިފައިންނާއި ފުލުހުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށް، ތިން އަންހެން ދަރިންގެ ބައްޕަ ޝިހާބުއްދީން ބުންޏެވެ. އޭނާ ދަތުރަށް ފެށީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެ ފަސް ގައުމުގެ އެމްބަސީތަކަށް ގޮސް، އެކަމަށް ބޭނުންވާ ވިސާތައް ހޯދައިގެންނެވެ.
އޭނާ ބުނި ގޮތުގައި އެ ދަތުރަށް އޭނާ ނުކުތީ، އަހަރެއްހާ ދުވަހުގެ ތައްޔާރީތަކުން އެއްކުރި ފައިސާ ހިފައިގެންނެވެ. ނަމަވެސް، ގައުމުތަކުގެ އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން، އެ ފައިސާ އިން ހޭދަކުރަން ޖެހުނީ ވަރަށް މަދު މިންވަރެއް ކަމަށް އޭނާ ބުންޏެވެ.
ޝިހާބުއްދީން ބުނި ގޮތުގައި އޭނާގެ މި ދަތުރުގައި މުޅިން ވެސް ބޭނުންކުރީ ރަނގަޅު ބްރޭންޑްތަކުގެ ބޫޓުތަކެވެ. އެއީ ދަތުރުގެ ދިގުމިނަށް ބަލައި ގިނަ ދުވަހު ބޭނުންކުރުމުގެ މަގްސަދުގަ އެވެ. ނަމަވެސް، އެއީ އިންޑިއާ އަށް ވަރަށް ވިއްސާރަ ދުވަސްވަރެއް ކަމުން، ގެއިން ނުކުމެގެން އިންޑިއާގެ ބޯޑަރު ހުރަސްކޮށް ޕާކިސްތާނާ ހަމައަށް ފޯރުމުގެ ކުރިން ހަ ބޫޓު ހަލާކުވި އެވެ. ޕާކިސްތާނަށް އެތެރެވުމަށް ފަހު މަދީނާއާ ހަމައަށް ދެވެންދެން ބޭނުންކުރީ އެންމެ ބޫޓެކެވެ.
"މި ދަތުރުގައި އަހަރެންގެ ހަށިގަނޑު 18 ކިލޯ ލުއިވެއްޖެ. މުޅި ދަތުރުގައި ވެސް އަހަރެން ކެއީ، ހަށިގަނޑަށް ފައިދާ ހުންނަ ޒާތުގެ އެންމެ އާދައިގެ ކާބޯތަކެތި. ޕްރޮޓީން އާއި ޚާއްޞަ ބާވަތުގެ ކެއުންތަކެއް ނުކަން. ޙަލާލު ކާއެއްޗެއް ލިބިއްޖެއްޔާ ކައިލަން. އެގޮތުން ވަރަށް ބޮޑު ނަފްސާނީ ހިތްހަމަޖެހުމެއް ލިބުނު."
އޭނާ ބުނި ގޮތުގައި ފަސް ގައުމު ހުރަސްކޮށް އަހަރު ދުވަސް ވަންދެން ފައި މަގުގައި ދަތުރުކުރި އިރު، ވަރަށް ބިރުވެރި ވަގުތުތަކާ ވެސް ބައްދަލުވި އެވެ.
"އެންމެ ބޮޑަށް ބިރުގަތީ ސިންގާ އާއި ބެއާ ފަދަ މިނިކާ ޖަނަވާރުތަކާ ހެދި. އަހަރެން އީރާންގެ ތެރެއިން ހިނގާފައި ދަނިކޮށް ވަރަށް ކައިރިން ބައެއް ޖަނަވާރުތަކުގެ ފިޔަވަޅު ފެނިގެން ވީޑިއޯކޮށްލިން. ދެން އީރާންގެ ބައެއް މީހުންނަށް ދެއްކުމުން ބުނި އެއީ ސިންގާގެ ފިޔަވަޅޭ. އެހިސާބުން ދެން ވަރަށް ބިރު ގަތް."
އޭނާ ބުނި ގޮތުގައި އެންމެ އުނދަގޫ ތަޖުރިބާއެއް ކުރެވުނީ އީރާންގަ އެވެ. އީރާނަށް ވަނީއްސުރެ ނުކުތުމާ ހަމައަށް ވަރަށް ފިނި ކަމަށާއި ގިނަ ވަގުތު ހިނގަން ޖެހުނީ ވެސް ސްނޯގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އަދި އެއް ރެއަކު ނިދަން ޖެހުނީ ބަކަރި ކޮއްޓެއްގެ ތެރޭގައި، ބަކަރި ހުއިހައްޕާ މީހުންނާ އެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ޝިހާބުއްދީން މިހާރު މައްކާގައި ހުރި އިރު، ހައްޖުގެ ކަންތައް ހަމަޖައްސައިދޭ ކުންފުންޏަކުން ވަނީ އޭނާ އަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ދިނުމާ ހަވާލުވެފަ އެވެ. އޭނާ ބުނި ގޮތުގައި ސައޫދީ ސަރުކާރުން އޭނާއާ މެދު އަމަލުކުރީ ވަރަށް ރަނގަޅަށެވެ.
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހައްޖުވެރިން މައްކާއަށް