Roadha Mihaaru
ކުއިކް ޗާޖް 4.0: އަވަހަށް ޗާޖުކުރުމުގެ ވާދަ

ކުއިކް ޗާޖް 4.0: އަވަހަށް ޗާޖުކުރުމުގެ ވާދަ ފެށިއްޖެ

14 ނޮވެމްބަރ 2016

އެންމެ ރަނގަޅު ގޮތަކީ ފޯނު ޗާޖަރަށް ގުޅާތަނުން ބެޓެރީ ފުލްވުމެވެ. އެކަމަކު އެ ވަރުގެ ޗާޖަރެއް އަދި ނެތެވެ. ނަމަވެސް، އާދައިގެ ޗާޖަރަކާ ނުބައްދަލު، އަވަހަށް ބެޓެރީ ޗާޖުކުރެވޭ ކުއިކް ޗާޖަރުތައް ބައިވަރެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންމެ ރަނގަޅު ގޮތަކީ ފޯނު ޗާޖަރަށް ގުޅާތަނުން ބެޓެރީ ފުލްވުމެވެ. އެކަމަކު އެ ވަރުގެ ޗާޖަރެއް އަދި ނެތެވެ. ނަމަވެސް، އާދައިގެ ޗާޖަރަކާ ނުބައްދަލު، އަވަހަށް ބެޓެރީ ޗާޖުކުރެވޭ ކުއިކް ޗާޖަރުތައް ބައިވަރެވެ.

ބެޓެރީ އަވަހަށް ޗާޖުކުރުމަށްޓަކައި "ކުއަލްކޮމް ކުއިކް ޗާޖިން" ޓެކްނޮލޮޖީ އަށް ބޭނުންވެ އެވެ. "ކުއިކް ޗާޖިން" ޓެކްނޮލޮޖީ ހިމަނާފައި ހުންނަނީ ކުއަލްކޮމް އިން އުފައްދާ ވަކި ވައްތަރެއްގެ ޗިޕްސެޓެއްގަ އެވެ. ފޯނުގެ ބެޓެރީ އަވަހަށް ޗާޖުކުރުމަށްޓަކައި، ފޯނުގައި އަދި ޗާޖަރުގައި ވެސް "ކުއިކް ޗާޖިން" ޓެކްނޮލޮޖީ ހިމެނެން ޖެހެ އެވެ.

ކުއަލްކޮމް "ކުއިކް ޗާޖިން" ޓެކްނޮލޮޖީ މިހާރު އުޅެނީ ޖީލުތައް ފަހަނައަޅައި، 4.0 ގަ އެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ކުއަލްކޮމް "ކުއިކް ޗާޖް 4.0" ޓެކްނޮލޮޖީ މާކެޓަށް ނެރޭނެ އެވެ.

"ކުއިކް ޗާޖިން" އާއި "ފާސްޓް ޗާޖިން" އަކީ ހަމަ އެކައްޗެކެވެ. ކުއިކް ޗާޖަރުތަކާއި ފާސްޓް ޗާޖަރުތަކުން ވެސް ކޮށްދެނީ އެއް މަސައްކަތެވެ. ބެޓެރީ އަވަހަށް ޗާޖުކޮށްދިނުމެވެ. އެހެން ނަމަވެސް ސިނާއަތުގައި އެންމެ އިތުބާރު ބޮޑީ ކުއަލްކޮމް ކުއިކް ޗާޖިން ޓެކްނޮލޮޖީގެ އެވެ.

ކުއިކް ޗާޖު 4.0 އާ ހަމަ އަށް ކުއަލްކޮމް އައިސްފައި އެ ވަނީ "ކުއިކް ޗާޖު 3.0" އާއި "ކުއިކް ޗާޖު 2.0" ފަހަނައަޅާފަ އެވެ. މާނަ އަކީ ވިދުވަރު ދުވެލީގައި ނޫނަސް ޗާޖުކުރުން އަވަސްވަމުން އަންނަކަމެވެ.

ކުއިކް ޗާޖަރުތައް އުފައްދަނީ ޗާޖުކުރުމުގެ ތެރޭގައި ބެޓެރީ އަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެންނެވެ. އެހެން ނަމަވެސް ކުއަލްކޮމް ކުއިކް ޗާޖިން އަށް ވެސް ފާޑުކިޔުން ވަނީ ކުރިމަތިވެފަ އެވެ. ގޫގުލްގެ މިޒާޖަށް ބަލާއިރު، ކުއަލްކޮމް ކުއިކް ޗާޖިން އަކީ އެ މީހުން ގަޔާވާ ޓެކްނޮލޮޖީއެއް ނޫނެވެ.

ގޫގުލުން ބޭނުންވަނީ ބެޓެރީ އަވަހަށް ޗާޖުކުރުމަށް އެހެން ޓެކްނޮލޮޖީއެއް އުފައްދައި، އެ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެންޑްރޮއިޑް ފޯނުތަކަށް މަޖުބޫރުކުރުމެވެ.