ކަރާޗީ، ޕާކިސްތާން (މާޗް 28) - ފީފާ އިން ހަމަޖައްސާފައިވާ ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް)ގެ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމާ އެކު ފީފާ އިން އަނެއްކާ ޕާކިސްތާން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ކަރާޗީ، ޕާކިސްތާން (މާޗް 28) - ފީފާ އިން ހަމަޖައްސާފައިވާ ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް)ގެ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމާ އެކު ފީފާ އިން އަނެއްކާ ޕާކިސްތާން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން ޕާކިސްތާން ފުޓްބޯޅައިގެ ތެރެއަށް އެ ގައުމުގެ ސިޔާސީ ކަންތައްތައް ވަން ހިސާބުން މިހާތަނަށް އައިއިރު ވެސް އެ ގައުމުގެ ފުޓްބޯޅަ އޮތީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ފީފާ އިން 2017 ވަނަ އަހަރު ޕާކިސްތާން ސަސްޕެންޑްކުރިއިރު، ފަހުން ވަނީ އެ ސަސްޕެންޝަނަށް ލުޔެއްދީފަ އެވެ.
ޕާކިސްތާންގެ ފުޓްބޯޅަ ހިންގުން ފީފާ އިން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކުލަވާލި ނޯމަލައިިޒިން ކޮމިޓީއެއްގެ ތެރެއިން ހަމްޒާ ހާންއާ ހަވާލުކޮށްފަ އެވެ.
ޗެއާމަނަކަށް ހަމްޒާ ހަމަޖައްސައި އޭނާ އަށް ދިން މެންޑޭޓަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރިން ފުޓްބޯޅަ އިންތިހާބު ބޭއްވުމެވެ. އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް އިތުރުކޮށްދިނުމުން ވެސް ހަމްޒާގެ ބެލުމުގެ ދަށުން ނޯމަލައިޒިން ކޮމިޓީ އަށް ނުބޭއްވުނުއިރު، އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
މާލިކް ހާރޫންގެ ޗެއާމަނަކަށް ހަމަޖައްސައި ނޯމަލައިޒިން ކޮމިޓީ މަސައްކަތް ފެށީ ޖެނުއަރީ މަހު އެވެ. އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ހާރޫންގެ ބެލުމުގެ ނޯމަަލައިޒިން ކޮމިޓީން ނިންމާފައި އޮތީ އަންނަ މަަހު އެވެ.
އެކަމަކު މައްސަލަ ގޯސްވީ ހާރޫންގެ ބެލުމުގެ ދަށުން ނޯމަލައިޒިން ކޮމިޓީ އަށް ޕާކިސްތާން ފުޓްބޯޅަ ރަނގަޅު މިސްރާބަށް ނުގެންދެވޭ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހު ޕީއެފްއެފްގެ ކުރީގެ ލީޑަޝިޕްގައި ހިމެނޭ ސައީދު އަޝްފާގު ހުސެއިންގެ ޓީމުން މަސައްކަތް ފެށި ހިސާބުންނެވެ. ސައީދު އަޝްފާގަކީ މީގެ ކުރިން ސުޕްރީމް ކޯޓު މެދުވެރިކޮށް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވައި އިންތިހާބު ކާމިޔާބުކުރެއްވި ފަރާތެކެވެ. އެކަމަކު ފީފާ އިން އެ އިންތިހާބު ބަލައިނުގަތުމުން އޭނާ އަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.
ޕާކިސްތާންގެ ފުޓްބޯޅަ ހެޑްކުއާޓަރުގައި ސައީދު އަޝްފާގުގެ ޓީމުން ވަނީ މިދިޔަ ހުކުރު ދުވަހު ނޯމަލައިޒިން ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުން ހޫނުވެ، އެންމެ ފަހުން ސައީދު އަޝްފާގުގެ ޓީމުން މަސައްކަތްކުރީ ޕާކިސްތާން ފުޓްބޯޅައިގެ ކޮންޓްރޯލް ނެގުމަށް ކަމަށް ހާރޫން ތުހުމަތުކުރައްވަ އެވެ.
"ސައީދު އަޝްފާގުގެ ޓީމުން ވަނީ ޕީއެފްއެފް ހެޑްކުއާޓަރަށް ހަމަލާ ދީފައި. ޕީއެފްއެފްގެ ސްޓާފުންނަށް ޖިސްމާނީ ގޮތުން ހަމަލާދީ އެ ސްޓާފުން ވަނީ ރަހީނުކޮށްފައި. އެ ގްރޫޕުން ވަނީ ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން އޮފީސް ހިފާފައި،" ނޯމަލައިޒިން ކޮމިޓީން ރޭ ނެރުނު ބަޔާނުގައިވެ އެވެ.
FIFA in Pakistan suspend koffi
The most trusted news source in the Maldives
Mihaaru
ފީފާ އިން ވަނީ 2017 ވަނަ އަހަރު ޕާކިސްތާން ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި.
ހާރޫން ވިދާޅުވީ ސައީދު އަޝްފާގުގެ ޓީމުން އައިސް އޭނާއާ މަޝްވަރާކުރުމުގެ ބަދަލުގައި އެންގީ ޕީއެފްއެފް ހެޑްކުއާޓަރު ހިންގުން އެ މީހުންނާ ހަވާލުކޮށްފައި ތަން ދޫކޮށްފައި ދިއުމަށް ކަމަށެވެ.
"އަހަރެން އެ މީހުންގެ ގާތުގައި ބުނިން މިހެން ކަންތައްވެއްޖެނަމަ ފީފާގެ ސަސްޕެންޝަނެއް އަންނާނެއޭ. އޭރުން އަނެއްކާ ވެސް ފުޓްބޯޅައިގައި ޕާކިސްތާން ދާނީ ދަށަށް ކަމަށް. އެހެން ބުނީމަ ސައީދު އަޝްފާގު އެންގީ އެ މީހުން ހުރި މައްސަލައެއް ހައްލުކުރާނެ ކަމަށް،" ހާރޫން ވިދާޅުވި އެވެ.
ހާރޫން ވިދާޅުވީ އޭނާ އަށް ޕީއެފްއެފް ހެޑްކުއާޓަރުން ނުކުމެވުނީ ލިބުނު ކުޑަ ފުރުސަތެއްގެ ތެރޭގައި ބިއްލޫރި ދޮރެއް ހަލާކުކޮށްލުމަށް ފަހު ކަމަށެވެ.
"އަހަރެން މި ދަނީ ވަކީލުންނާ އެކު މި ކަމުގައި ފީފާ އަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދެމުން. އުއްމީދުކުރަނީ ޕާކިސްތާން ފުޓްބޯޅަ ސަސްޕެންޑްނުވެ ސަލާމަތްކުރެވޭނެކަމަށް. އެކަމަކު އެއީ ވެސް ޔަގީންކަމާ އެކު ވާނެއޭ ބުނެވޭނެ ކަމެއް ނޫން. މިއީ ސީރިއަސް މައްސަލައެއް،" ހާރޫން ވިދާޅުވި އެވެ.
ސައީދު އަޝްފާގު ވަނީ ހާރޫން ދެއްކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އަދި ހާރޫންއާ އެކު ބައްދަލުކުރަން ނިންމީ ޕާކިސްތާން ފުޓްބޯޅައިގެ ހައްގުގައި ވާހަކަތަކެއް ދެއްކުމަށް ކަަމަށް ސައީދު އަޝްފާގު ބުންޏެވެ.
ހާރޫންއާ އެކު ބޭއްވި ބައްދަލުވުމުގައި ސައީދު އަޝްފާގު ވަނީ ދެ ގޮތެއް ހުށަހަޅައިފަ އެވެ. އެއީ އަލުން އާ ޗެއާމަނެއްގެ ދަށުން ނޯމަަލައިޒިން ކޮމިޓީގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ނޫނީ އޭނާގެ ޓީމާ ފެޑެރޭޝަން ހިންގަން ހަވާލުކުރުމަށެވެ. އެ ދެ ގޮތުން ކުރެ އެ ގޮތަށް ވެސް ކަންތައް ކުރަން ހާރޫން ބޭނުމެއްނުވުމުން އޭނާ ޒިންމާތަކާ ހަވާލުވީ ކަމަށް ސައީދު އަޝްފާގު ބުންޏެވެ.
"އަހަރެމެން މި ތިބީ މި ކަމުގައި ފީފާއާ ވެސް ވާހަކަ ދައްކަން ތައްޔާރަށް. އަހަރެން ފީފާއާ ބައްދަލުކުރެވިއްޖެނަމަ ބުނާނަން މިދިޔަ މަސް ތަކުގައި އަހަރެން އެ ފެޑެރޭޝަނަށް ފޮނުވި 14 ސިޓީގެ ޖަވާބު ނުލިބި އޮތީ ކީއްވެތޯ އޮޅުންފިލުވަން ބޭނުންކަމަށް،" ސައީދު އަޝްފާގު ބުންޏެވެ.
ސައީދު އަޝްފާގު ބުނީ އޭނާ އަށް މި ވަގުތު ޕާކިސްތާން ފުޓްބޯޅައިގެ ގިނަ ކްލަބްތަކެއްގެ ތާއީދު އެބައޮތް ކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަށް މި ހުރި މައްސަލަތަކުގެ ހައްލެއް ގެނައުމަށް ކަމަށެވެ. ސައީދު އަޝްފާގު ބުނީ އޭނާ ޕީއެފްއެފްގެ ހިންގުމާ ހަވާލުވާން އެކްސްކޯ އާއި ކޮންގްރެސްގެ ތާއީދު އެބައޮތްކަން އަންގަައިދޭ ސިޓީއެއް އެބައޮތް ކަމަށެވެ.
މިހާރު ކުރިއަށްދާ ޕާކިސްތާންގެ ނެޝަނަލް ވިމެންސް ޗެމްޕިއަންޝިޕް ހުއްޓާނުލައި ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމާނީ އެކްސްކޯ އިން ކަމަށް ސައީދު އަޝްފާގު ވަނީ ބުނެފަ އެވެ.
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ފީފާއިން ޕާކިސްތާން ސަސްޕެންޑްކޮށްފި
ފީފާ އިން ޕާކިސްތާން ފުޓްބޯޅައިގެ ސަސްޕެންޝަން އުވާލައިފި
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
2034 ގެ ވޯލްޑް ކަޕް އޮންނާނީ ސައޫދީގައި